ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ފެހިކަން އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން މިހާތަނަށް 2.55 މިލިއަނަށްވުރެ ގިނަ ގަސް އިންދައި، މަޝްރޫޢުގެ އަމާޒުގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ބައެއް ހާސިލުކޮށްފިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް ޖުމްލަ 2,556,340 ގަސް ވަނީ އިންދާފައެވެ.
މުޅި މަޝްރޫޢުގެ ދަށުން ޖުމްލަ 6,343,562 ގަސް އިންދުމަށް އަމާޒު ހިފާފައިވާއިރު، އެ ލަނޑުދަނޑިއަށް ވާސިލުވުމަށް ދެން އިންދަން ޖެހޭނީ 3.7 މިލިއަން ގަހެވެ. ރާއްޖެއިން ނެތެމުންދާ ގަސްގަހާގެހި އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙު ކޮށްދެއްވި މި މަޝްރޫޢަކީ ރާއްޖޭގެ ތާރީޚުގައިވެސް ހިންގޭ ތިމާވެށީގެ މިފަދަ އެންމެ ބިޔަ ހަރަކާތެވެ.
މި މަޝްރޫޢު ކާމިޔާބު ކުރުމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެކި މުއައްސަސާތަކުން އަންނަނީ ބޮޑު އެއްބާރުލުމެއް ދެމުންނެވެ.
އެގޮތުން އެންމެ ގިނަ ގަސް އިންދާފައިވާ ރޯޒްވުޑްއިން 1.47 މިލިއަން ގަސް އިންދާފައިވާއިރު، އެޗްޑީސީ އަދި އެމްޕީއެލްއިން ކުރެ ކޮންމެ ކުންފުންޏަކުން ވަނީ އެއް މިލިއަން ގަސް އިންދާފައެވެ.
މީގެ އިތުރުން އެސްޑީއެމް ފާމުން 750،000 ގަސް އަދި ސްޓެލްކޯއިން ވަނީ 500،000 ގަސް މި ޕްރޮގްރާމުގެ ދަށުން އިންދާފައެވެ.
ގަސް އިންދުމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، ނާސަރީތައް ތަރައްޤީކުރުމަށް ރާއްޖޭގެ 10 ރަށަކަށް ސަރުކާރުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ހުޅުމާލޭގައި ޚާއްޞަ 'ގްރީން ނާސަރީ' އެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ތިމާވެއްޓާ ބެހޭ ވުޒާރާއިން މިހާރު އަންނަނީ ކުރަމުންނެވެ.
ކައުންސިލްތަކާއި ސްކޫލްތަކާއި ރިސޯޓުތަކުގެ އިތުރުން ޖަމްޢިއްޔާތަކާއި ބޭރުގެ އެމްބަސީތަކުންވެސް ބައިވެރިވާ މި މަޝްރޫޢަށް، އަވައްޓެރި އިންޑިއާ، ބަންގްލަދޭޝް އަދި ޕާކިސްތާނުންވެސް ވަނީ ގަހާއި ގަހުގެ މުޑުވަށް ހަދިޔާކޮށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު