ފ. މަގޫދޫގައި ޤާއިމުކުރި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފި މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
މި ގޮފި ހުޅުވުމުގެ ގޮތުން މަގޫދޫގައި މިއަދު ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި މަރުކަޒަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ޤާއިމުކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ ޚާއްޞަ މަޝްރޫޢުގެ ދަށުން ޚިދުމަތް ދޭން ފެށި މުހިންމު ބިނާއެކެވެ.
މި މަޝްރޫޢުގެ ދަށުން މީގެ ކުރިން ހއ. ދިއްދޫ، ހއ. އުތީމު، ހއ. އުލިގަން، ޅ. ހިންނަވަރު، ކ. ހުރާ، ކ. ހިންމަފުށި، ތ. ވޭމަންޑޫ، ލ. މާވަށް، ލ. ގަން އަދި ފުވައްމުލައް ސިޓީގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ވަނީ ހުޅުވައި ޚިދުމަތް ދޭން ފަށައިފައެވެ. މީގެ އިތުރުން، މިއަދުގެ ވަގުތެއްގައި ރ. ހުޅުދުއްފާރާއި ރ. ރަސްމާދޫގައި ޤާއިމުކުރި ގޮފިތައްވެސް ވަނީ ރަސްމީކޮށް ހުޅުވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކީރިތި ޤުރުއާނުގެ ޢިލްމު ފުޅާކޮށް، މުޅި ރާއްޖޭގައި ހިލޭ ކިޔަވައިދޭ ޤުރުއާން ކްލާސްތައް އިތުރުކުރުމަށް ސަރުކާރުން ދަނީ ޚާއްޞަ އިސްކަމެއް ދީގެން ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންނެވެ.
ކީރިތި ޤުރުއާނަށް ލޯބިކުރާ، އިސްލާމީ ރިވެތި އަޚްލާޤާއި ދީނީ ހޭލުންތެރިކަން އަށަގަނެފައިވާ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް މި ސަރުކާރުން ކުރަމުންދާ އިޚްލާޞްތެރި މަސައްކަތްތަކަކީ، ރައްޔިތުންގެ ދީނީ ޢިލްމީ ފެންވަރު މަތިކޮށް، ޤައުމުގެ އިސްލާމީ ވަޙްދަތު ހަރުދަނާކުރުމަށް އެޅިގެންދާ ވަރަށް މުހިންމު އަދި ތާރީޚީ ފިޔަވަޅެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤުރުއާނުގެ އަޑު ގަދަކޮށް، އަންނަން އޮތް ޖީލުތަކަކީ ޤުރުއާނުގެ ހިދާޔަތުން ޒީނަތްތެރިވެފައިވާ ބަޔަކަށް ހެދުމަށް ސަރުކާރުން މި ކުރާ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުންވެސް އަންނަނީ ނުހަނު ބޮޑު ތަރުޙީބަކާއި ތާޢީދެއް ލިބެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު