ހއ. ދިއްދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ޕްރީފެބްރިކޭޓެޑް (ރެޑީމޭޑް) ބަސް ޝެލްޓަރތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާނުކޮށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ދިއްދޫ ކައުންސިލްގެ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބޭނުންވާ ރަޖިސްޓްރޭޝަން ފޯމާއި މަޢުލޫމާތު ކަރުދާސް އެ އިޢުލާނާއެކު ވަނީ ޢާންމުކޮށްފައެވެ.
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓަރީވުމުގެ އެންމެ ފަހު ވަގުތަކީ 2 ޑިސެންބަރު 2026 ވާ ބުދަ ދުވަހުގެ މެންދުރު 12:00 އެވެ.
އަދި މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް އީމެއިލް މެދުވެރިކޮށް ސުވާލު ފޮނުވުމުގެ ފުރުޞަތު 7 ޑިސެންބަރު 2026 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ.
މި ބީލަމުގެ އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 10 ޑިސެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ގައި ދިއްދޫ ކައުންސިލްގެ އިދާރާގައެވެ.
ބީލަމުގައި ރަޖިސްޓަރީ ވުމަށާއި މަޢުލޫމާތު ސާފުކުރުމަށް ކައުންސިލްގެ ރަސްމީ އީމެއިލް އެޑްރެސް ކަމަށްވާ [email protected] އަށް މެއިލް ކުރުމަށާއި، އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން 6500019 ނަންބަރު ފޯނާ ގުޅުމަށް އެ ކައުންސިލުން އިލްތިމާސްކުރެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ދިއްދޫގައި އެމްޓީސީސީގެ އާންމު ބަހުގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ 4 ސެޕްޓެމްބަރު 2023 ގައެވެ.

ކިޔުންތެރިންގެ ހިޔާލު