ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރާ ހުރިހާ ދަރިވަރުން ވެސް އިމްތިހާނުތަކުގައި ކިޔަވައިދޭ މަރުކަޒަށް ހާޒިރުވެ ބައިވެރިވާން މަޖުބޫރުވާ ގޮތަށް ބާ ކައުންސިލުން ގެނައި ބަދަލާ ގުޅިގެން، ކޮލެޖުތަކުގެ ދަރިވަރުންތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސް މިއަދު ފަށައިފިއެވެ.
މި ޕެޓިޝަނަކީ ވިލާ ކޮލެޖާއި، އެވިޑް ކޮލެޖްގެ އިތުރުން ޒިކްރާ އިންޓަނޭޝަނަލް ކޮލެޖުގައި ޤާނޫނީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުން އިސްނަގައިގެން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައެކެވެ. ދަރިވަރުންގެ މައިގަނޑު ކަންބޮޑުވުމަކީ، ކޮލިފައިން ލޯ ޑިގްރީގެ އެންމެ ދަށް މިންގަނޑުތައް ކަނޑައަޅާ ގަވާއިދަށް ގެނައި ދެވަނަ އިސްލާހުގެ ސަބަބުން، 1 ޖެނުއަރީ 2027 އިން ފެށިގެން ހުރިހާ އިމްތިހާނެއް ހާޒިރުވެގެން ހަދަން ލާޒިމުކުރުމެވެ. އަދި މި އުސޫލު، އެ އިސްލާހު ގެނައުމުގެ ކުރިން ކިޔަވަން ފަށާފައިވާ ދަރިވަރުންގެ މައްޗަށް ވެސް ހިނގާ ގޮތަށް އޮތުމެވެ.
ދަރިވަރުން ފާހަގަކޮށްފައިވާ ގޮތުގައި، އެ ކުދިން ކޯހުގައި ބައިވެރިވީ އޮންލައިންކޮށް އިމްތިހާނުތައް ހެދޭނެ ކަމުގެ ފުރިހަމަ ޔަގީންކަމާއި ރަސްމީ ހުއްދަ އޮތް އޮނިގަނޑެއްގެ ދަށުންނެވެ. ނަމަވެސް، ކިޔެވުމުގެ މެދުތެރެއިން މިފަދަ އަސާސީ ޝަރުތަކަށް ބަދަލު ގެނައުމަކީ އިދާރީ އިންސާފުގެ އުސޫލުތަކުން ކަށަވަރުކޮށްދޭ މަގުބޫލު އުއްމީދުގެ ހައްގަށް އުނިކަން އަންނަ ކަމެއް ކަމަށް އެ ޕެޓިޝަނުގައި ބަޔާންކޮށްފައިވެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލައަށް ވާހަކަދައްކަވަމުން މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވިދާޅުވީ، ގަވާއިދުތަކަށް ބަދަލު ގެނައުމުގެ އިޚުތިޔާރު ބާ ކައުންސިލަށް ލިބިގެންވީ ނަމަވެސް، ކޯސް ހިނގަމުންދަނިކޮށް ދަރިވަރުންގެ މަސްލަހަތު ގެއްލޭ ގޮތަށް އުސޫލު ބަދަލުކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ. އަދި އާންމު ގާނޫނީ ހަމަތަކުގައި ވެސް ފަހުން ހަދާ ގަވާއިދުތައް މާޒީއަށް ރުޖޫޢަވާ ގޮތަށް ތަންފީޒު ނުކުރެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ރަށްރަށުގައި ވަޒީފާ އަދާކުރާ ފުލުހުން ފަދަ ގިނަ އަދަދެއްގެ ދަރިވަރުން ކިޔަވަމުންދާއިރު، އިމްތިހާނަށް މާލެ އަންނަން މަޖުބޫރުވުމުން އެކަމުގެ ސަބަބުން މާލީ ގޮތުންނާއި އަމަލީ ގޮތުން ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
މި ބަހުސްގައި އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވީ، ކިޔަވާ މަރުކަޒަށް އެއްވެސް ވަރަކަށް ހާޒިރުނުވެ ޑިގްރީ ނުހެދޭނެކަން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން 2022 ވަނަ އަހަރު ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން މުޅި ކޯސް އެއްކޮށް އޮންލައިންކޮށް ހިންގަން މަރުކަޒުތަކުން ނިންމި ސަބަބާމެދު އޭނާ ސުވާލު އުފެއްދެވިއެވެ. ނަމަވެސް، ކޯހުގެ މެދުތެރެއިން އުސޫލު ބަދަލުވުމަކީ އެންމެ އެދެވޭ ގޮތް ނޫން ކަމަށާއި، މިހާރު ތިބި ދަރިވަރުން ގަވާއިދުން އިސްތިސްނާ ކުރުމުގެ ބަދަލުގައި އިމްތިހާނުތަކަށް ހާޒިރުވުމަށް އެ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުން މާ މުހިންމު ކަމަށް ނާޒިލް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ވިދާޅުވީ، ދަރިވަރުންގެ މި ކަންބޮޑުވުންތަކަކީ ހައްލެއް ހޯދައިދޭންޖެހޭ ކަންކަން ކަމަށެވެ. އެހެންނަމަވެސް، ރާއްޖޭގައި ގާނޫނީ ދާއިރާގެ އިލްމީ ފެންވަރު މަތިކޮށް، ދާއިރާ ހަރުދަނާ ކުރުމަށްޓަކައި މިންގަނޑުތައް އެކަށައެޅުމުގެ ފުރިހަމަ ގާނޫނީ ބާރު ބާ ކައުންސިލަށް ލިބިގެންވާކަން ވެސް އޭނާ ވަނީ މަޖިލީހުގައި ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު