ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހަމަޖައްސާފައިވާ ސިއްހީ އިންޝުއަރެންސް ޕެކޭޖަކީ އާސަންދައާ އަޅާބަލާއިރު ދައުލަތުގެ ބަޖެޓަށާއި ރައްޔިތުންނަށް މާ ބޮޑަށް ފައިދާހުރި ނިޒާމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
މަޖިލިސް މެންބަރުންނަށް ހާއްސަކޮށްފައިވާ އިންޝުއަރެންސް ސްކީމް އުވާލުމަށް އެދި ރައްޔިތުންގެ ތެރެއިން ބަޔަކު މަޖިލީހަށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ރައްޔިތުން އެދޭ ކަންކަމަށް އޭނާ ފުރިހަމައަށް ތާއީދުކުރައްވާ ކަމަށެވެ. ނަމަވެސް، މި ޕެޓިޝަން ހުށަހެޅި ފަރާތްތަކުން މިކަމުގެ ހަގީގަތް ރަނގަޅަށް ދެނެގަންނަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެގޮތުން، ކޮންމެ މެންބަރަކަށް އިންޝުއަރެންސް ކުންފުންޏަށް އަހަރަކު ދައްކަނީ އެންމެ 24،000 ރުފިޔާ ކަމަށާއި، އޭގެ އިތުރަށް ދައުލަތުން އެއްވެސް ފައިސާއެއް ހޭދަކުރަން ނުޖެހޭކަން ފަލާހު ސާފުކޮށްދެއްވިއެވެ. މީގެ ބަދަލުގައި، އާސަންދަ ނިޒާމުގެ ދަށުން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް އެކަކަށްވެސް ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް ހޭދަވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ފަލާހު އިތުރަށް ވިދާޅުވި ގޮތުގައި، މެންބަރުން ބޭނުންކުރާ ޕެކޭޖުގެ ސަބަބުން އަހަރަކު 1.35 މިލިއަން ރުފިޔާއާ ހަމައަށް ހިނގާ ބޭސްފަރުވާގެ ހަރަދުތައް ހަމަޖެހިގެންދަނީ އާސަންދައިގެ ބޭރުން ކަމަށްވާތީ، މިއީ ދައުލަތަށް ލިބޭ ބޮޑު ލުޔެކެވެ. އެހެންކަމުން ބޮޑު ގެއްލުމެއް ވަނީ ކޮން ނިޒާމަކުންތޯ އޭނާ ސުވާލު އުފެއްދެވިއެވެ.
މީގެއިތުރުން، މެންބަރުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ފަލާހު ވިދާޅުވީ، އާދައިގެ ބަލިތަކުގައި ބޭރަށްދާ ދަތުރުތަކަށް ޓިކެޓާއި، ހުރުމާއި ކެއުމުގެ ހަރަދު ދައުލަތުން ނުދޭ ކަމަށެވެ. އަދި އަމިއްލަ ޖީބުން ކުރާ މިފަދަ ހަރަދުތައް ވެސް ލިބެނީ ބިލުތައް ހުށަހަޅައިގެން ވަރަށް އުނދަގުލުން ކަމަށް ވިދާޅުވިއެވެ.
މިފަދަ ހަގީގަތްތައް އޮޅޭގޮތަށް ވާހަކަދައްކައި، ރައްޔިތުންނާއި މެންބަރުންނާ ދެމެދު ފިތުނަ އުފެދޭ ގޮތަށް މިފަދަ ޕެޓިޝަންތައް ހުށަހެޅުމަކީ ހިތާމަހުރި ކަމެއް ކަމަށް ފަލާހު ސިފަކުރެއްވިއެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ދައުލަތުގެ އިސް މަގާމުތައް ފުރައްވާ ބޭފުޅުންނަށް ވަކި އިނާޔަތްތަކެއް ހަމަޖެހިފައި އޮންނަ ކަމަށާއި، މި މަގާމުތަކަކީ އަބަދު އެއް ބަޔަކު ތިބޭނެ ތަންތަން ނޫންކަން ވެސް އޭނާ ހަނދާންކޮށްދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު