ރާއްޖޭގެ އެކި ރަށްރަށުގައި މިހާރު ފެށިގެން ކުރިއަށްދާ އުމްރާނީ ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް އެއްކޮށް ނިންމާލުމަށްޓަކައި ގާތްގަނޑަކަށް 58.8 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް ހާމަކުރައްވައިފިއެވެ.
މިނިސްޓަރ މިކަން ހާމަކުރެއްވީ، އެ ވުޒާރާއިން ހިންގަމުންދާ މަޝްރޫޢުތަކުގެ ޖުމްލަ ޚަރަދާއި މިއަހަރުގެ ބަޖެޓުން އެކަމަށް ކަނޑައެޅިފައިވާ ފައިސާގެ މިންވަރު އޮޅުންފިލުއްވުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ކުރެއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައެވެ.
ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ޖަވާބުގައި ވަޒީރު ތަފްޞީލުކޮށްދެއްވި ގޮތުގައި، މިހާރު ފެށިފައިވާ މަޝްރޫޢުތައް އެއްކޮށް ނިންމުމަށް ޖުމްލަ 58,831,473,267 (ފަންސާސް އަށް ބިލިއަން، އަށްސަތޭކަ އެއްތިރީސް މިލިއަން، ހަތަރު ލައްކަ ހަތްދިހަ ތިންހާސް، ދުއިސައްތަ ފަސްދޮޅަސް ހަތް) ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވެއެވެ. އަދި ހިނގަމުންދާ އަހަރުގެ ބަޖެޓަކީ ޕްރޮގްރާމް ބަޖެޓަކަށް ވާތީ، ވަކިވަކި މަޝްރޫޢުތަކަށް ވަކި ޢަދަދުތަކެއް ކަނޑައަޅާފައި ނުވާ ކަމަށާއި، މަޝްރޫޢުތަކުގެ ޕްލޭނާ އެއްގޮތަށް ފައިސާ ދޫކުރަމުން ގެންދަނީ މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާއިން ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ދައުލަތުން މިއަހަރަށް 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓެއް ފާސްކޮށްފައިވަނީ އިޤްތިޞާދީ ހަމަޖެހުން ޤާއިމުކުރުމާއެކު، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށެވެ. އަދި ސަރުކާރުގެ މުހިންމު ސިޔާސަތުތައް ތަންފީޒުކުރުމަށް މި ބަޖެޓުން ބޮޑު އިސްކަމެއް ދީފައިވެއެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ކުރި ޚަރަދު ވަނީ 15.9 އިންސައްތަ އިތުރުވެ، 4.8 ބިލިއަން ރުފިޔާއަށް އަރާފައެވެ.
މިގޮތުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ބިމާއި އިމާރާތްކުރުމުގެ ދާއިރާއަށެވެ. އެ ދާއިރާއަށް ކުރި ހޭދަ 34.1 އިންސައްތަ އިތުރުވެ 1.453 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ރަށްރަށުގެ ބަނދަރު ހެދުމުގެ މަޝްރޫޢުތަކަށް ކުރި ޚަރަދު ވަނީ 38.4 އިންސައްތަ އިތުރުވެ 333 މިލިއަން ރުފިޔާއަށް އަރާފައެވެ. މީގެއިތުރުން އެހެނިހެން އުމްރާނީ ވަސީލަތްތަކަށް ކުރި ހޭދަ 37.5 އިންސައްތަ އިތުރުވެ 945 މިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކެޕިޓަލް އިކުއިޕްމަންޓަށް ކުރި ޚަރަދުވެސް ވަނީ 19.6 އިންސައްތަ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު