ރާއްޖޭގެ 11 ރަށެއްގައި ދުވާލަކު 30 ޓަނުގެ އައިސް އުފެއްދޭ ފެންވަރުގެ އައިސްޕްލާންޓު ޤާއިމުކުރުމަށް މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ އަލްޓަސް އޮއިލް އެންޑް ގޭސް މެލޭޝިއާ އެސް.ޑީ.އެން ބީ.އެޗް.ޑީ އާއެކު ސަރުކާރުން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު މާގިރި ހޮޓެލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްތަލިބެވެ.
މި މަޝްރޫޢުގެ ދަށުން އައިސްޕްލާންޓު ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ށ. ކޮމަންޑޫ، ކ. ގާފަރު، އއ. ރަސްދޫ، މ. މުލައް، ދ. ހުޅުދެލި، ގއ. ވިލިނގިލި، ގއ. ނިލަންދޫ، ގއ. މަމެންދޫ އަދި ގދ. ރަތަފަންދޫގައެވެ. މި ރަށްރަށުގައި މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިޒައިން، ބިލްޑް އަދި ސަޕްލައި އުޞޫލުންނެވެ. އެގޮތުން ކޮންމެ ރަށެއްގައިވެސް ޤާއިމުކުރާނީ ދުވާލަކު 30 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލުކަން ލިބިގެންވާ ޕްލާންޓްތަކެކެވެ.
މި އެއްބަސްވުމުގެ ދަށުން، 30 ޓަނުގެ އައިސް ޕްލާންޓްތައް ފަރުމާކުރުމާއި، ޓެކްނިކަލް މަސައްކަތްތައް ވިލަރެސްކުރުމާއި، ރަށްރަށުގެ މާހައުލާ ގުޅޭގޮތަށް ޓިއުބް އައިސް ޕްލާންޓް އިކުއިޕްމަންޓް ފޯރުކޮށްދިނުން ހިމެނެއެވެ. މީގެއިތުރުން ރާއްޖޭގެ ކަނޑުގެ މާހައުލާ އެކަށޭނަ ގޮތަށް ލޮނުފެން ބޭނުންކޮށްގެން ފިނިކުރާ ނިޒާމެއް ހިމެނުމަށްވެސް ވަނީ ނިންމާފައެވެ.
ހަމައެއާއެކު، އައިސްޕްލާންޓްތައް ބިނާކުރުމާއި، ހަރުކުރުމާއި، ޓެސްޓްކުރުމުގެ އިތުރުން އޮޕަރޭޝަނަށް ގެނައުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އެ ކުންފުނިން ކުރިއަށް ގެންދާނެއެވެ. އަދި ތަކެތި ގެންދިއުމާއި، މަޝްރޫޢު މެނޭޖްކުރުމާއި، ލިޔެކިޔުންތައް ތައްޔާރުކޮށް މަސައްކަތް ޙަވާލުކުރުމުގެ އެހީތެރިކަމާއި، ވޮރަންޓީ އަދި އާފްޓަރ-ސޭލްސްގެ ޚިދުމަތްތައް ވިލަރެސްކުރުންވެސް އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ފޯރުކޮށްދޭނެއެވެ.
ރާއްޖޭގެ މަސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ފަސޭހަކަމާއެކު ހެޔޮ އަގުގައި އައިސް ނުލިބުމެވެ. މި މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ ގޮތުން، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކޮށް، މަސްވެރިންނަށް ބޭނުންވާ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސްޕްލާންޓާއި ކޯލްޑް ސްޓޯރޭޖްތައް ޤާއިމުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް އެބަދެއެވެ.
މި މަޝްރޫޢު ފުރިހަމަވެގެން ދިއުމުން، މަސްވެރިންނަށް ބޭނުންވާ ތާޒާ އައިސް އެ ސަރަޙައްދުތަކުން ފަސޭހަކަމާއެކު ލިބިގެންދާނެއެވެ. އަދި އައިސް ހޯދުމަށްޓަކައި މަސްވެރިން ކުރަންޖެހޭ ދިގު ދަތުރުތަކާއި ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު