އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފް
އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފް
ޖައްވުގައި ހުންނަ ކާބަން ޑައިއޮކްސައިޑް ގުދުރަތީ ގޮތުން ނަގައިގެން، އާމްދަނީ ހޯދަން ކާބަން މާކެޓަށް ވަންނަން ހަދާ ގަވައިދުގެ ފުރަތަމަ ޑްރާފްޓް ނިމިއްޖެކަމަށާއި އަމާޒަކީ މި އަހަރު ނިމންވާއިރަށް އެ ގަވައިދު ނިންމައި ގެޒެޓްކުރުންކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއިން މިރޭ ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމްގައި އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވީ ކާބަން މާކެޓަށް ރާއްޖެއިން ވަންނަން މީގެ ކުރިން ވެސް އެންވަޔަރަމަންޓް މިނިސްޓްރީން މަސައްކަތްތަކެއްކޮށްފައިވާ ކަމަށެވެ.

އެހެން ނަމަވެސް ބޭރުގެ އެހީދޭ ގައުމުތަކާ ގުޅިގެން އޭރު ރާއްޖޭގައި ހިންގަން މަސައްކަތްކުރީ އެކަމާ ގުޅޭ މާ ކުދިކުދި ޕްރޮޖެކްޓްތަކަކަށް ވުމުން އެކަން ހަމަނުޖެހި އޮތީ ކަމަށާއި އެކަމަކު މިހާރު އެ ފުރުސަތު ފަހިވަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަދި އާ މެކޭނިޒަމްއެއްގެ ދަށުން އެ މަސައްކަތް ކުރިއަށް ގެންދަން ގަވައިދުތައް ވެސް ހަދަން ޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"މިހާރު އަޅުގަނޑުމެން ކުރާ މަސައްކަތަކީ މިކަމަށް ބޭނުންވާ ރެގިއުލޭޝަން މިހާރު ފުރަތަމަ ޑްރާފްޓް ތައްޔާރުކުރެވިފަ މިއޮތީ. ދެން އަޅުގަނޑުގެ އަމާޒަކީ މި އަހަރު ނިމެންވާއިރަށް އިރާދަކުރެއްވިއްޔާ ގެޒެޓްކުރެވޭނެ ގޮތެއް ވޭތޯ ބެލުން. އެހެންވެ އެ ފުރަތަމަ ޑްރާފްޓް ތައްޔާރުކުރެވި. އޭރަށް އޭގަ ބަޔާންކޮށްފައި ހުންނާނެ ކާބަން އެ މަޝްރޫއުތަަކަށް ހުއްދަ ދިނުމާއި ދެ ފަރާތުންވެސް އަދާކުރަން ޖެހޭ އިދާރީ ޒިންމާތަކާއި. ދެން އެ ކްރެޑިޓް ބަލަހައްޓާނީ ނުވަތަ ކަލްކިއުލޭޓްކުރާނީ ކޮން މެތަޑޮލޮޖީއަކަށްތޯ ކޮން ގޮތަކަށްތޯ"މިނިސްޓަރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް