ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދައުލަތުން ހަމަޖައްސައިދީފައިވާ ހާއްސަ ހެލްތު އިންޝުއަރެންސްގެ މައްސަލަ ބޮޑުކޮށްގެން ދައްކަނީ ސިޔާސީ ގޮތުން ފިތުނަވެރިކަން އުފެއްދުމުގެ ނިޔަތުގައި ކަމަށް މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ މެންބަރު މުފީދު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މެންބަރުންނާއި ކުރީގެ މެންބަރުންގެ އިތުރުން އެ ބޭފުޅުންގެ އާއިލާތަކަށް ދައުލަތުގެ ބަޖެޓުން ދެމުން އަންނަ ހާއްސަ އިންޝުއަރެންސް އުވާލުމަށް އެދި އާންމުންގެ ފަރާތުން މަޖިލީހަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައެވެ.
އެ ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ، މެންބަރުންނަށް ވަކިން އޮންނަ ހާއްސަ އިންޝުއަރެންސް އުވާލައި، އާންމު ރައްޔިތުންނެކޭ އެއްފަދައިން އާސަންދަ އަދި އެންސްޕާ މެދުވެރިކޮށް ހިދުމަތް ލިބޭނެ ގޮތް ހެދުމަށެވެ. އަދި ރައްޔިތުންގެ ޓެކްސް ފައިސާއިން ހަރަދުކުރާއިރު، އާންމުންނާއި މަޖިލިސް މެންބަރުންގެ ދެމެދުގައި އޮތް ބޮޑު ފަރަގު ކުޑަކޮށް، ހަމަހަމަކަން ގާއިމުކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަށްވެސް އެ ޕެޓިޝަނުގައި ވަނީ ގޮވާލާފައެވެ.
މި ވާހަކަތަކަށް ރައްދު ދެއްވަމުން މުފީދު ވިދާޅުވީ، މިހާރުވެސް މެންބަރުންނަށްވުރެ މާ ލުއިފަސޭހަ އިންތިޒާމުތަކެއްގެ ތެރެއިން އެންސްޕާ މެދުވެރިކޮށް އާންމު ރައްޔިތުންނަށް ބޭސްފަރުވާގެ އެހީތެރިކަން ލިބެމުންދާ ކަމަށެވެ. އަދި މަޖިލީހަށް ހުށަހަޅާފައިވާ އެ ޕެޓިޝަނަކީ ބަޔަކު އަޑީގައި ތިބެގެން ރައްޔިތުންގެ މެދުގައި ނަފުރަތާއި ފިތުނަ އުފެއްދުމަށް ރާވައިގެން ހިންގާ ސިޔާސީ ހަރަކާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. މީގެއިތުރުން، އެހެން ގައުމުތަކުގައި ކަންކަން ހިނގާ އުސޫލުތަކާ ގުޅޭގޮތުން އެ ޕެޓިޝަނުގައި ހިމަނާފައިވަނީ ހަގީގަތާ ހިލާފު، އޮޅުވާލުންތަކެއް އެކުލެވޭ މައުލޫމާތުތަކެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ބޭރު ގައުމުތަކުގެ ހާލަތު ސާފުކޮށްދެއްވަމުން މުފީދު ވިދާޅުވީ، އެމެރިކާގެ ކޮންގްރެސް މެންބަރުން އަމިއްލައަށް އިންޝުއަރެންސް ނަންގަވަން ޖެހުނު ނަމަވެސް، އޭގެ 70 އިންސައްތައަށްވުރެ ބޮޑު ބައެއް ދައްކަނީ އެ ގައުމުގެ ސަރުކާރުން ކަމަށެވެ. އަދި ޖަޕާނުގައިވެސް މަޖިލިސް މެންބަރުންނަށް ހާއްސަ ކްލިނިކްގެ ހިދުމަތާއި، ދައުލަތުން ބޮޑުބައި ހަރަދުކުރާ ހާއްސަ އިންޝުއަރެންސް ޕެކޭޖުތައް އޮންނަކަން އޭނާ ހާމަކުރެއްވިއެވެ.
އެހެންކަމުން، ބޭރު ދުނިޔޭގައިވެސް މިފަދަ އިނާޔަތްތައް ދައުލަތުން ހަމަޖައްސައިދެމުންދާއިރު، ރާއްޖޭގެ މަޖިލިސް މެންބަރުންގެ އިންޝުއަރެންސާ ގުޅުވައިގެން ހުށަހަޅާފައިވާ މި ޕެޓިޝަނަކީ އެއްވެސް ބުރަދަނެއް އަދި ހަގީގަތެއް ނެތް ވާހަކަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ އެއްޗެއްކަން ސާފުވާ ކަމަށް މުފީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު