ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް ކ. މާލެ، ގ. މާޅިކަ، އަޙްމަދު އިމްދާޙް މުޙައްމަދު މިއަދު އައްޔަންކުރައްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ހާމަކުރި ގޮތުގައި، އިމްދާޙް އެސްޓީއޯގެ ބޯޑަށް އައްޔަންކުރައްވާފައި ވަނީ ނޮން-އެގްޒެކެޓިވް، އިންޑިޕެންޑަންޓް ޑިރެކްޓަރެއްގެ ގޮތުގައެވެ.
އިމްދާޙަކީ އިމާރާތްކުރުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ތަޖުރިބާކާރެކެވެ. އެގޮތުން އޭނާއަކީ ރަޖިސްޓާޑް ކުއަންޓިޓީ ސަވެޔަރެއްގެ އިތުރުން، މިހާރުވެސް 'ކޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް' ގެ މެނޭޖިންގ ޑިރެކްޓަރެވެ. އެ ކުންފުނިން ކުރިއަށްގެންދާ ފަރުމާކުރުމާއި އިމާރާތްކުރުމުގެ ބޮޑެތި މަޝްރޫޢުތައް ރާވައި ހިންގުމުގައި އިސްދައުރެއް އަދާކުރައްވަނީ އޭނާއެވެ.
ތަޢުލީމީ ގޮތުން ބަލާއިރު، އިމްދާޙް ވަނީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާ (އައިއައިޔޫއެމް) އިން ކުއަންޓިޓީ ސަވެއިންގެ ދާއިރާއިން އޮނަރސްއާއެކު ބެޗްލަރސް ޑިގްރީ ހާސިލުކުރައްވާފައެވެ. އަދި އޯޕަން ޔުނިވަރސިޓީ މެލޭޝިއާއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ފުރިހަމަކުރައްވާފައިވަނީ މަތީ ފަންތީގެ ކާމިޔާބީއަކާ އެކުގައެވެ.
ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާޢަތުގައި 20 އަހަރެއްހާ ދުވަހުގެ ޚިދުމަތުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ އިމްދާޙް ވަނީ މީގެ ކުރިން 'ޓެކްޓޯން ޑިޒައިން އެސޯސިއޭޓްސް' ގެ ޑިރެކްޓަރެއްގެ ގޮތުގައި 15 އަހަރު ދުވަހު މަސައްކަތް ކުރައްވާފައެވެ. އެ މުއްދަތުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ ރިސޯޓުތަކާއި، ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫޢުތަކުގެ އިތުރުން ގެސްޓްހައުސްތަކާއި ވިޔަފާރި އުސޫލުން ބޭނުންކުރާ ތަފާތު އިމާރާތްތަކަށް ބޭނުންވާ ޕްރޮޖެކްޓް މެނޭޖްމަންޓް، ޓެންޑަރިންގ އަދި ކޮސްޓް ކޮންސަލްޓެންސީގެ ޚިދުމަތްތައް ފުޅާ ދާއިރާއެއްގައި އޭނާ ވަނީ ފޯރުކޮށްދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު