ޕާކިސްތާނަށް މިހާރު ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް، އެ ޤައުމުގެ ސަރުކާރުން ރަސްމީ ގޮތުން މިއަދު މަރުހަބާ ދަންނަވައިފިއެވެ.
މިއަދު ހެނދުނު ބޭއްވި މި ޚާއްޞަ ރަސްމިއްޔާތުގައި، ރައީސް ޑރ. މުޢިއްޒަށް މަރުހަބާ ދެންނެވީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި އެ ޤައުމުގެ ސަރުކާރުގެ އިސް ވެރިންނެވެ. ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި އޮތް މި ރަސްމިއްޔާތުގައި، ރައީސް މުޢިއްޒުގެ ޝަރަފުގައި ޕާކިސްތާނުގެ އަސްކަރިއްޔާއިން ވަނީ ޝަރަފުގެ ގާޑެއް އަރުވާފައެވެ.
ރަސްމީކޮށް މަރުހަބާ ދެންނެވުމަށް ބޭއްވި މި ރަސްމިއްޔާތަށްފަހު، ދެ ޤައުމުގެ ދެމެދުގައި މަތީ ފަންތީގެ ރަސްމީ މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން 20 ދާއިރާއަކުން ފަހުމުނާމާ (އެމްއޯޔޫ) ތަކުގައި ސޮއިކުރުމާއި، ދެ ޤައުމުގެ ވެރިން ގުޅިފައިވާ ނޫސްވެރިންގެ ބަޔާނެއް ދެއްވުން ވެސް މި ޝެޑިއުލްގެ ތެރޭގައި ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް އިސްލާމްއާބާދަށް ވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ. އިސްލާމްއާބާދު އިންޓަނޭޝަނަލް އެއާޕޯޓުން އެ މަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ގޮތުން 21 ބަޑީގެ ސަލާމެއް ވަނީ އަރުވާފައެވެ.
އޮކްޓޫބަރު 20 އިން 22 އަށް ރައީސް ކުރައްވާ މި ދަތުރުފުޅަކީ ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުމާ ދިމާކޮށް ކުރައްވާ ތާރީޚީ ދަތުރުފުޅެކެވެ. ދެ ޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ރަސްމީކޮށް ޤާއިމުކޮށްފައިވަނީ 26 ޖުލައި 1966 ގައެވެ.
މި ދަތުރުފުޅުގެ ތެރެއިން ދިވެހިރާއްޖޭގެ ފަރާތުން ޚާއްޞަ ބިޒްނަސް ފޯރަމެއް ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ. ރާއްޖޭގައި އިންވެސްޓް ކުރުމަށް ހުރި ފުރުޞަތުތަކާއި އިޤްތިޞާދީ ކުރިއެރުންތައް ހާމަކޮށްދިނުމަށް ބާއްވާ މި ފޯރަމުގައި ރައީސް ޑރ. މުޢިއްޒުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވެސް ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، ޕާކިސްތާނުގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނާއި އެ ޤައުމުގައި ދިރިއުޅޭ ދިވެހި ޢާއިލާތަކާ ބައްދަލުކުރައްވައި، އެމީހުންގެ ހާލުއަހުވާލު އޮޅުންފިލުވައި ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ރައީސް ވަނީ ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު