ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ފުރުސަތު ނުދޭ ނަމަ، ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ މެންބަރުންނަށް ކޮޅަށްވެސް ނުތެދުވެވޭނެ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީއެންސީން ކޮންޓްރޯލް ކުރަމުންދާއިރު، މިހާރު މަޖިލީހުގައި އިދިކޮޅު އެމްޑީޕީ ތަމްސީލު ކުރައްވަނީ އެންމެ 12 މެންބަރުންނެވެ.
މަޖިލީހުގައި ވާހަކަދައްކަވަމުން ފަލާހު މިއަދު ވިދާޅުވީ، މަޖިލީހުގައި މިހާރު ތިއްބެވި އެމްޑީޕީގެ 11 މެމްބަރުންނަކީ އެ ޕާޓީގެ ތިންވަނަ ސަފުގައި ތިއްބަވާ ބޭފުޅުން ކަމަށެވެ. އެހެންކަމުން، އެ ޕާޓީގެ ފަރާތުން މަޖިލީހަށް ގަރާރުތައް ހުށަހެޅުމުގެ ހައްގެއް އެ މެމްބަރުންނަށް ނޯންނާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ފަލާހު ވިދާޅުވީ އެމްޑީޕީގެ ފަރާތުން މަޖިލީހަށް ގަރާރެއް ހުށަހެޅުމުގެ ހައްގު އޮންނާނީ އެ ޕާޓީގެ ޗެއާޕާސަން ރައީސް ނަޝީދުގެ ފަހަތުގައި ހުންނެވި ތޮއްޑޫ ދާއިރާގެ މެމްބަރު ހުސެއިން ސަމީރަށް އެކަނި ކަމަށެވެ.
މިއަދުގެ ޖަލްސާގައި ފަލާޙް ވަނީ، ޕީއެންސީގެ މެޖޯރިޓީ މަޖިލީހުގައި އޮތް ނަމަވެސް، އެމްޑީޕީގެ މެންބަރުންނަށް ދެވެން އޮތް ހުރިހާ ފުރުސަތެއް ދީގެން ވަރަށް ގާތުން ގެންގުޅޭ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެ ބޭފުޅުން އެކަމަށް ބެލުމެއްނެތި މަޖިލީހުގައި އަމަލު ކުރަށްވަމުން ގެންދަވާ ގޮތާމެދު އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
"މިބޭފުޅުންނެއް ބަލައެއް ނުލާ، ހަމަ ހިތަށް އެރިހާ އެއްޗެއް ގޮވަނީ، ހިތަށް އެރިހާ ވާހަކައެއް މިތާ ދައްކަނީ. ހަގީގަތުގައި އަޅުގަނޑުމެން ފުރުސަތު ނުދޭ ނަމަ މިބޭފުޅުންނަށް ކޮޅަށް ވެސް ނުތެދުވެވޭނެ މިތާގައި." ފަލާހް ވިދާޅުވިއެވެ.
މީގެއިތުރުން ފަލާހު ވިދާޅުވީ، މަޖިލީހަށް ހުށަހަޅަންވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓުތަކުގައި ހުރި ފައިސާގެ މައްސަލަތައް ކަމަށާއި، އެ ނޫން ގޮތަކަށް އެ ފަރާތްތަކަށް މަޖިލީހުން ފުރުސަތެއް ނުލިބޭނެ ކަމަށެވެ.
ފަލާހު މިފަދައިން ވިދާޅުވެފައި މިވަނީ، ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހުށަހަޅުއްވާ ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން، އެ ގަރާރެއް މަޖިލީހަށް ބަލައިގަތުމާ މެދު މެންބަރުންގެ މެދުގައި ވޯޓަކަށް އަހަންޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހުކުރަން ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި އިސްލާހު، މަޖިލީހުގެ އާއްމު ކޮމިޓީން އިއްޔެ ފާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ. މި އިސްލާހާއެކު، އަޣުލަބިއްޔަތު އޮންނަ ޕާޓީން ބޭނުން ނުވާ ގަރާރުތައް ބަހުސްގެ މަރުހަލާއަށް ނުގޮސް މަޖިލީހުން ބޭރުކޮށްލުމުގެ ބާރު ވެރިކަންކުރާ ޕީއެންސީއަށް ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު