ޖިންސީ ގޯނާއާއި ދެކޮޅަށް ކުރި އިޙްތިޖާޖެއްގެ ތެރެއިން-
ޖިންސީ ގޯނާއާއި ދެކޮޅަށް ކުރި އިޙްތިޖާޖެއްގެ ތެރެއިން-
ދިވެހި ފުލުހުންގެ ޚިދުމަތުގެ އަޕަރ ސައުތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގައި، ޒުވާން އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ބުނި، މި މައްސަލައަކީ 22 އަހަރުގެ ދިވެހި އަންހެނަކަށް ބަޔަކު މީހުން ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވިގެން، 2026 އޮކްޓޫބަރު 20 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލައެއް ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހިންގި ތަހުގީގުގެ ތެރެއިން، ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓް (ނާޖާއިޒު ފައިދާ ނެގުން) ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ އިތުރު މައްސަލަތަކެއްވެސް ވަނީ ފާހަގަކުރެވިފައެވެ. އަދި މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް އެކަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރުކޮށްފައެވެ.

ޖިންސީ ގޯނާއާއި ކުޑަކުދިންނަށް ކުރާ މިފަދަ އަނިޔާތަކަކީ މުޖުތަމައުގެ ރައްކާތެރިކަމާ ގުޅިފައިވާ ނުރައްކާތެރި ކަންކަން ކަމަށްވާތީ، ފުލުހުންގެ އިދާރާއިން ދަނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ފުޅާ ދާއިރާއެއްގައި ތަހުގީގު ކުރަމުންނެވެ.

މި މައްސަލާގައި ކުޑަކުދިންތަކެއް ހިމެނޭތީ މި ޙާދިސާ ހިނގާފައިވާ ރަށް ފުލުހުން ވަނީ ސިއްރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު