ފުވައްމުލައް ސިޓީއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ސަޕްލައި ދޯންޏެއް ދިޔަވަމުންދާތީ، އެ ދޯންޏާއި އޭގައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން ބުނީ، މި ހާދިސާ ހިނގައިގެން އުޅެނީ ފުވައްމުލައް ސިޓީއަށް ދަތުރުކުރަމުންދިޔަ "ރާސްތާ" ނަމަކަށް ކިޔާ ދޯންޏަކަށް ކަމަށެވެ. މި ދޯނި ދިޔަވަމުންދާ ކަމަށް ރިޕޯޓްކޮށްފައިވަނީ އެ ރަށާ ގާތްގަނޑަކަށް 12 ނޯޓިކަލް މޭލު ބޭރުންނެވެ.
މި ހާދިސާގެ މަޢުލޫމާތު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރުފަހު 15:08 ހާއިރު ކަމަށް ފުލުހުން ބުނެފައިވެއެވެ. ހަތަރު ދިވެހިންނާއި ބިދޭސީއަކާއެކު ޖުމްލަ ފަސް މީހުންނާއެކު ދަތުރުކުރަމުންދިޔަ މި އުޅަނދަށާއި، އުޅަނދުގައި ތިބި މީހުން ސަލާމަތްކޮށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.
ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް މޫސުން އިތުރަށް ގޯސްވެދާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ މިއަދު މެންދުރުފަހު 13:30 އިން ފެށިގެން ގއ. އަތޮޅާއި ގދ. އަތޮޅާ ދެމެދަށް ޔެލޯ އެލާޓް ވެސް ނެރެފައެވެ.
މޫސުން ގޯސްވެ، ކަނޑުގަދަވުމުގެ ސަބަބުން ކަނޑުދަތުރުފަތުރު ކުރުމުގައި މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ އެންމެހައި ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު