ފުލުހުންގެ އިދާރާ
ފުލުހުންގެ އިދާރާ
ސްކޭމްގެ މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ މާލެ/ވެލަސްފަރުގެ، ހުސެއިން ސާމިރު(40އަހަރު) ނަމަކަށް ކިޔާ މީހެކެވެ. އޭނާއަށް ކުރާ ތުހުމަތުތަކާ ގުޅިގެން އޭނާ ހައްޔަރުކޮށް، ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިއަދު އޭނާ ވަނީ 15 ދުވަހަށް ބަންދުކޮށްފައެވެ.

ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 އަދި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް އޭނާ ބަންދުކުރަން ނިންމީ، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީއެވެ.

ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ސާމިރުއާ ދެކޮޅަށް ހެކީގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސްއިން ފޮނުވި އީމެއިލްއާއި އޭގެ ރިޕްލައި އަދި އަހުމަދު ސުޖާއު ނަމަކަށް ކިޔާ މީހަކު ދިން ބަޔާންވެސް ހުށަހަޅާފައި ވެއެވެ.

ހަމަ މި މައްސަލައިގައި މުހައްމަދު ރީހާން(33އަހަރު) ނަމަކަށް ކިޔާ މީހަކުވެސް ހައްޔަރުކޮށް އިއްޔެ ވަނީ އޭނާ ހަތް ދުވަހަށް ބަންދުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު