ހަތަރު ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ފަނޑިޔާރުން އައްޔަނުކޮށްފިއެވެ.

ފަނޑިޔާރުކަމަށް އައްޔަނުކުރި ބޭފުޅުންގެ ތެރޭގައި ހިމެނެނީ ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް އައްޔަނުކުރި އެ ރަށު ވާރޭވިލާ، އަލްއުސްތާޛު ފަތުޙުﷲ ޢަލީ، ބ. ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް އައްޔަނުކުރި އެ ރަށު ލިލީވިލާ، އަލްއުސްތާޛާ ދިޔާނާ މަޖީދު، ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް އައްުޔަަނުކުރެއްވި އެ ރަށު ހުސްނުހީނާގެ، އަލްއުސްތާޛު ޙުސައިން ރަމީޒް، އަދި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް އައްޔަނުކުރި އެ ރަށު މާދަޑު.ހުމަށި، އަލްއުސްތާޛާ މަރްޔަމް ޢާޞިރާއެވެ.

މި ބޭފުޅުންނަށް މަގާމުގެ ހުވައި ލައިދެއްވީ މިއަދު ސުޕްރީމްކޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ސިވިލް ކޯޓުގެ އިސް ގާޒީ އަލްއުސްތާޛާ މަރްޔަމް ވަޙީދުއެވެ.

އޭގެ ތެރެއިން ފަތުޙުﷲ ޢަލީ ފަނޑިޔާރުކަމަށް ޢައްޔަންކުރެވުނު އިރު ހުންނެވީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖާ ލީގަލްގެ މަގާމުގައެވެ. އަދި ދެން އައްޔަނުކުރެއްވި ބޭފުޅުންވެސް ވަނީ ގާނޫނީ ދާއިރާގައި މުހިންމު މަގާމުތަކެއް ފުރުއްވައިފައެވެ.



ކިޔުންތެރިންގެ ހިޔާލު