ރަސްމާލެ މަޝްރޫއުގެ ދަށުން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 500 ހެކްޓަރުގެ ބިން ދިނުމަށް ސަރުކާރުން ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމެވުން މުރާޖައާކޮށްދިނުމަށް އެދި އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި މައްސަލައަކީ ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން އިސްނަންގަވައިގެން، އެ އެއްބަސްވުމަކީ ގާނޫނުއަސާސީއާ ހިލާފު އެއްބަސްވުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށަހެޅުއްވި މައްސަލައެކެވެ. ނަމަވެސް، ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން، އެ މައްސަލައަކީ ސީދާ ފުރަތަމަ މަރުހަލާގައި ސުޕްރީމް ކޯޓަށް ބެލޭނެ ބާވަތުގެ މައްސަލައެއް ނޫން ކަމަށް ބުނެ ރަޖިސްޓްރާ ވަނީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމަވާފައެވެ.
އަލީ ހުސައިން އިއްޔެ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަޖިސްޓްރާގެ ނިންމެވުމާ މެދު ހިތްހަމަނުޖެހޭތީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން އެ ނިންމުން އަލުން ބަލައިދިނުމަށް އެދި މިހާރު ހުށަހަޅާފައިވާ ކަމަށެވެ. ކޯޓުގެ ގަވާއިދުތައް ހަމަޖެހިފައިވާ ގޮތުން ރަޖިސްޓްރާގެ މިފަދަ ނިންމުންތައް 14 ދުވަހުގެ ތެރޭގައި ފަނޑިޔާރުންގެ މަޖިލީހަށް އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮވެއެވެ.
އަލީ ހުސައިން ހުށަހެޅުއްވި މައްސަލައިގައި މައިގަނޑު ގޮތެއްގައި ފާހަގަކުރައްވާފައިވަނީ، ދައުލަތަށް އެއްވެސް އެކުއިޒިޝަން ކޮސްޓެއް އަދި ކުއްޔެއްވެސް ނުދައްކާ ގޮތަށް، 99 އަހަރުގެ ދިގު މުއްދަތަކަށް ބޭރުގެ ކުންފުންޏަކަށް މިހާ ބޮޑު ބިމެއް ދޫކޮށްލުމަކީ ދައުލަތުގެ އިގްތިސާދީ މަސްލަހަތަށާއި ސިޔާދަތަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. އަދި އެ ބިން އެހެން ފަރާތްތަކަށް އަލުން ކުއްޔަށް ދިނުމާއި އެކި މުއާމަލާތްތައް ކުރުމުގެ ފުރިހަމަ މިނިވަންކަން އެ ކުންފުންޏަށް ދީފައި އޮތުމަކީ ގާނޫނީ ގޮތުން ބޮޑެތި ސުވާލުތަކެއް އުފެދޭ ކަމެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން، ދިވެހިރާއްޖޭގެ މިހާރުގެ ގާނޫނީ އޮނިގަނޑު ހަމަޖެހިފައިވާ ގޮތުން، ދައުލަތުގެ މިލްކިއްޔާތުގައިވާ ބިމެއް ބޭރުގެ ފަރާތަކަށް އެއްފަހަރާ 99 އަހަރަށް މިފަދަ ގޮތަކަށް ދެވޭނެ އެއްވެސް ގާނޫނީ ހަމައެއް ނެތްކަން މައްސަލައިގައި ފާހަގަކޮށްފައިވެއެވެ. އަދި ދައުލަތުގެ ބިމާއި ސަރަހައްދުގެ މައްޗަށް އޮންނަ ސިޔާދަތީ ބާރާ ގުޅޭގޮތުން ގާނޫނުއަސާސީގެ 250 ވަނަ މާއްދާއާއި 251 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ މި އެއްބަސްވުން ސީދާ ފުށުއަރާ ކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
އެހެންކަމުން، މި މައްސަލައިގައި އެދިފައިވަނީ އީގަލް ހިލްސްއާ އެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނުއަސާސީއާ ހިލާފު ބާތިލު އެއްބަސްވުމެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށެވެ. އަދި ޝަރީއަތުން މި މައްސަލައިގައި ވަކި ގޮތެއް ނިންމައި ހުކުމެއް ކުރުމާ ހަމައަށް، ދައުލަތުގެ މަސްލަހަތު ހިމާޔަތްކުރުމުގެ ގޮތުން އެ އެއްބަސްވުމަށް އަމަލުކުރުން ވަގުތީ ގޮތުން ފަސްކުރުމުގެ އަމުރެއް ނެރެދިނުމަށްވެސް ސުޕްރީމް ކޯޓުގައި ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު