ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅާއެކު، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މީޑިއާތަކުގެ ސަމާލުކަން އެ ދަތުރުފުޅަށް ވަނީ ވަރަށް ބޮޑަށް ހުއްޓިފައެވެ. ވަކިން ޚާއްޞަކޮށް، އިންޑިއާގެ މައިގަނޑު މީޑިއާތަކުން ވެސް މި ދަތުރުފުޅުގެ ޚަބަރުތައް ފުޅާ ދާއިރާއެއްގައި ވަނީ ގެނެސްދީފައެވެ.
ފާއިތުވި 11 އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ވެރިޔަކު ޕާކިސްތާނަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅަށް ވުމާއެކު، އިންޑިއާގެ ނޫސްތަކާއި ޓީވީ ޗެނަލްތަކުން މި ދަތުރުފުޅު ސިފަކޮށްފައިވަނީ އިންޑިއާ ކަނޑުގެ ސަރަޙައްދީ ޚާރިޖީ ސިޔާސަތުގައި ހިމެނޭ މުހިންމު ކަމެއްގެ ގޮތުގައެވެ.
އެގޮތުން "ޓައިމްސް އޮފް އިންޑިއާ" ފަދަ ނޫސްތަކުން ޚާއްޞަ ސަމާލުކަމެއް ދީފައިވަނީ، ދެކުނު އޭޝިއާގެ ގައުމުތަކުގެ އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ސާރކްގެ މަސައްކަތްތައް އަލުން ފެށުމަށް ރައީސް މުޢިއްޒު ވަކާލާތު ކުރެއްވި ކުރުމަށެވެ. މީގެއިތުރުން، މި ދަތުރުފުޅުގައި ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސޮއިކުރެވުނު މުހިންމު ފަހުމުނާމާތަކުގެ ތެރޭގައި ކަނޑުގެ ރައްކާތެރިކަމާއި ދިފާޢީ ދާއިރާ ހިމެނޭތީ، ސަރަޙައްދީ ސަލާމަތީ ކަންކަމާ ގުޅޭގޮތުން އެކި ފަރާތްތަކުން ޚިޔާލުފާޅުކޮށްފައިވާކަން ވެސް މީޑިއާތަކުން ފާހަގަކޮށްފައިވެއެވެ.
ބައިނަލްއަޤްވާމީ ސިޔާސީ ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި، ދިވެހި ސަރުކާރުން ގެންގުޅުއްވަނީ ސަރަޙައްދުގެ ހުރިހާ ޤައުމުތަކަކާ އެކުވެސް ގާތް އަދި ހަމަހަމަ ގުޅުމެއް ބޭއްވުމުގެ ހަރުދަނާ ޚާރިޖީ ސިޔާސަތެކެވެ. އެގޮތުން އިންޑިއާއާއެކު އޮތް ގުޅުން ހަރުދަނާކޮށް، ގާތް ރަޙްމަތްތެރި ކަމާއެކު ކުރިއަށްދާ ފަދައިން، ޕާކިސްތާނާއެކު ވެސް އިޤްތިޞާދީ އަދި ތަރައްޤީގެ ރޮނގުން ގުޅުން ބަދަހިކުރައްވައި، ޤައުމީ މަޞްލަޙަތު ކުރިއެރުވުމަށް ރައީސް މުޢިއްޒު ގެންދަވަނީ މަސައްކަތްޕުޅު ކުރައްވަމުންނެވެ.
ޖުމްލަކޮށް ބަލާއިރު، މި ދަތުރުފުޅަކީ އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ރާއްޖޭގެ ޑިޕްލޮމެޓިކް ދައުރު ފުޅާވެ، ބައިނަލްއަޤްވާމީ މަސްރަޙުގައި ރާއްޖޭގެ އިސްނެގުން ވަރުގަދަވަމުން އަންނަކަން ހާމަވެގެންދިޔަ މުހިންމު ފިޔަވަޅެކެވެ.

ކިޔުންތެރިންގެ ހިޔާލު