ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކުރުމަށާއި، ރާއްޖެއިން ނެތެމުންދާ ގަސްގަހާގެހި އަލުން އާލާކޮށް ފެހިކަން އިތުރުކުރުމުގެ މަޤްޞަދުގައި ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ "ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް" ގެ ދަށުން މިހާތަނަށް 2.5 މިލިއަން ގަސް އިންދައިފިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ޢާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ގައުމީ ބޮޑު ހަރަކާތުގެ ދަށުން މިހާތަނަށް ޖުމްލަ 2،463،339 ގަސް ވަނީ އިންދާފައެވެ. މި މަޝްރޫޢުގެ ދަށުން އެކި މަރުޙަލާތަކުގައި ޖުމްލަ 6،343،562 ގަސް އިންދުމަށް ވަނީ އަމާޒު ހިފާފައެވެ.
މިހާތަނަށް އެކި ކުންފުނިތަކުން އިންދާފައިވާ ގަސްތަކުގެ ތަފްޞީލަށް ބަލާއިރު، އެންމެ ބޮޑު ހިއްސާއެއް އަދާކޮށްފައިވަނީ ރޯޒްވުޑް ކުންފުނިންނެވެ. އެ ކުންފުނިން 1,478,244 ގަސް އިންދައިފައިވާއިރު ދެން އެންމެ ގިނައިން ގަސް އިންދީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި އެމްޕީއެލްއިންއެވެ. އެ ދެކުންފުނިން ވެސް ވަނީ އެއް މިލިއަން ގަސް އިންދައިގަެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، މި މަޝްރޫޢު ހުއްޓުމެއްނެތި ބާރު ދުވެލީގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމަށްޓަކައި ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ގަސް އިންދުމަށް ބޭނުންވާ ގަސްތައް އަމިއްލައަށް އާލާކުރުމަށް މަގުފަހިކުރުމުގެ ގޮތުން، ރާއްޖޭގެ 10 ރަށެއްގައި ނާސަރީ އެޅުމަށް ވަނީ ގްރާންޓް އެހީ ދޫކޮށްފައެވެ. ހަމައެއާއެކު، ހުޅުމާލޭގައި ޤާއިމުކުރާ ޒަމާނީ "ގްރީން ނާސަރީ" ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތްވެސް މިހާރު ދަނީ ބާރަށް ކުރިއަށެވެ

ކިޔުންތެރިންގެ ހިޔާލު