ސްކޭމްތަކުގައި 800އަށް ވުރެ ގިނަ މީހުން ހަރަކާތްތެރިވާކަމަށް ފުލުހުން ބުނޭ--
ސްކޭމްތަކުގައި 800އަށް ވުރެ ގިނަ މީހުން ހަރަކާތްތެރިވާކަމަށް ފުލުހުން ބުނޭ--
ސްކޭމްތަކުގައި 800 އަށް ވުރެ ގިނަ މީހުން ބައިވެރިވާ ކަމަށާއި ލޯބީގެ ގުޅުންތައް ދައްކައިގެންވެސް ފޭރޭކަމަށް ފުލުހުން މިރޭ ހާމަކޮށްފިއެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މިނިސްޓްރީ އޮފް އިންޓީރިއާއިން އިސްނަގައިގެން ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށްގެންދިޔަ "އޮޕަރޭޝަން ކޮންފްރަންޓޭޝަން ގޯސްޓް" ގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި-ސްކޭމް ސެންޓަރުން ބައިވެރިވެ، އާންމުންނަށް ގެއްލުނު ފައިސާގެ ތެރެއިން 3.1މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ އަނބުރާ ވަނީ ހޯދައިދީފައެވެ.

ޖުލައިއިން ސެޕްޓެމްބަރު މަހުގެ ނިޔަލށް ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަންއާ ގުޅޭ ގޮތުން ފުލުހުން މިރޭ ބުނީ އެ މުއްދަތުގައި ދިވެހި ފުލުހުންގެ ހިދުމަތުން ކުރި މަސައްކަތުން، ސްކޭމްގެ މުއާމަލާތްތަކާ ގުޅުންހުރި ކަމަށް ބެލެވޭ 847 ފަރާތެއް ތުހުމަތުކުރެވޭ މީހުންގެ ގޮތުގައި ދެނެގަނެވުމުނ ކަމަށެވެ. އަދި ތަހުގީގުތަކާ ގުޅިގެން 17 މީހަކު ހައްޔަރުކުރި ކަމަށް ފުލުހުން ބުންޏެވެ.

ރާއްޖޭގައި ހުށަހެޅުނު މައްސަލަތަކުގެ ބާވަތްތަކަށް ބަލާއިރު، އެންމެ އާންމުކޮށް ހިންގާފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ ނަމުގައި ހިންގާފައިވާ ސްކޭމްގެ އަމަލުތަކެވެ. އެގޮތުން ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 230 މައްސަލައަކީ އޮންލައިން ޕްލެޓްފޯމްތަކާއި ޕޭޖުތައް މެދުވެރިކޮށް މުދާ ގަތުމާއި ވިއްކުމުގެ ތެރޭގައި ހިންގާފައިވާ ސްކޭމްތަކެވެ. ދެވަނައަށް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާފައިވާ ސްކޭމްގެ މައްސަލަތަކެވެ. މި ބާވަތުގެ 107 މައްސަލައެއް މި މުއްދަތުގައި ރެކޯޑްކުރެވިފައިވެއެވެ.

އެ މުއްދަތުގައި ލޯބީގެ ގުޅުންތައް ދައްކައިގެން ފައިސާ ހޯދުމުގެ އަށް މައްސަލައެއް ވެސް ރެކޯޑްކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް