ތ. ވަންދޫގައި ސަރުކާރުން ބިނާކުރާ މިސްކިތުގެ ކޮންސްޓްރަކްޝަން މަސައްކަތް ނިމިއްޖެއެވެ.
ވަންދޫގައި މިސްކިތެއް އަޅަން އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއަށް 9.8 މިލިއަން ރުފިޔާއަށް ހަވާލުކުރީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ތ.ވަންދޫގައި ސަރުކާރުން ބިނާކުރާ 300 މީހުންގެ ޖާގައިގެ މިސްކިތުގެ ކޮންސްޓްރަކްޝަން މަސައްކަތް ނިންމާލެވިއްޖެ ކަމަށެވެ. އެހެންވެ ދެން އޮންނާނީ އެ މިސްކިތުގެ ފިނިޝިންގެ މަސައްކަތްތަކެވެ.
ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް ރާއްޖޭގެ އެކި ހިސާބުތަކުން 14 މިސްކިތް ހުޅުވޭނެކަމަށް ނިމިގެން ދިޔަ ހަފްތާގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އޮތީ ވިދާޅުވެފައެވެ.
އަދި މިދިޔަ އޮގަސްޓު މަހު މިނިސްޓަރު މަޖިލީހުގައި ވިދާޅުވީ މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 80 އަށްވުރެ ގިނަ ދީނީ މަޝްރޫއުތައް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. މީގެ ތެރޭގައި މިސްކިތްތަކުގެ އިތުރުން އިސްލާމީ މަރުކަޒުތަކާއި، ވަގުފު އިމާރާތްތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު