ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅުގެ ދަށުން މުޅި ރާއްޖޭގައި ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ގައުމީ މަޝްރޫއުގެ ތެރެއިން، ހުޅުމާލޭގައި ގަސް އިންދުމުގެ ބޮޑު ހަރަކާތެއް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.
އެންވަޔަރަަމަންޓް މިނިސްޓްރީން ބުނީ އެ ހަރަކާތް ކުރިއަށް ގެންދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު މުހިންމު މަޝްވަރާތަކެއް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި މި ހަރަކާތް ހުޅުމާލޭގައި އިންތިޒާމުކޮށް ކުރިއަށްގެންދާނެ ގޮތްތަކާއި، ގަސް އިންދުމަށް އެންމެ އެކަށޭނަ ސަރަޙައްދުތައް ކަނޑައެޅުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ ހިޔާލު ބަދަލުކޮށްފައެވެ. އަދި މި ހަރަކާތުގައި ވީހާވެސް ގިނަ ރައްޔިތުންނާއި، ޖަމިއްޔާ ޖަމާއަތްތައް ބައިވެރިކުރުމަށް މަޝްވަރާކުރިކަމަށް މިނިސްޓްރީން ބުންޏެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ގަސް އިންދުމުގެ މި ބޮޑު ހަރަކާތް ވަރަށް އަވަހަށް ފެށިގެންދާނެއެވެ. އަދި މި ހަރަކާތުގެ ސަބަބުން ހުޅުމާލޭގެ ތިމާވެށި އިތުރަށް ފެހިވެ، ޤައުމީ ފެންވަރުގައި ކުރިއަށްދާ ފަސް މިލިއަން ގަސް އިންދުމުގެ ލަނޑުދަނޑި ޙާޞިލުކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު