ދަތްޕިލައަށް ރައްކާތެރިވުމަކީ ވަކި އުމުރެއްގެ މީހުން ކުރަންޖެހޭ ކަމެއް ނޫނެވެ. ދަތްޕިލާގެ ދުޅަހެޔޮކަން އެންމެ ފުރިހަމައަށް ހާމަކޮށްދޭ އެއްކަމަކީ ވެސް ދަތްޕިލައިގެ ހުދުކަމެވެ. މީގެއިތުރުން ދަތްޕިލަ ރީތި ވުމަކީ މީހާގެ މޫނުމަތި ރީތިކޮށް ދައްކުވައިދޭ ސިފަ ރީތިކޮށްދޭވެސް ކަމެކެވެ. އެގޮތުން ހުދު ދަތްޕިލައެއްގެ ވެރިއަކަށްވުމަށް ކުރެވިދާނެ 5 ކަމަކަށް ބަލައިލާނަމެވެ.
1. "ފައިވް އަ ޑޭ" ޕްރޮގްރާމް
"ފައިވް އަ ޑޭ" ޕްރޮގްރާމަކީ ދުވާލަކު 5 ފަހަރު މޭވާއާއި ތަރުކާރީ ބޭނުންކުރުމަށް އަމާޒުކޮށް އެކުލަވާލާފައިވާ ފެޓް މަދު، ފައިބަރ ގިނަ ޑައިޓެއްގެ މިސާލެކެވެ.
މި ޑައިޓުގައި ދުވަސް ފަށާނީ މޭވާއެއް ނުވަތަ 2 ވައްތަރެއްގެ މޭވާއެއް ހެނދުނުގެ ނާސްތާގައި ހިމަނައިގެންނެވެ. މޭވާ ނުވަތަ ތަރުކާރީއިން ސްނެކްކުރުމާއެކު، ތަރުކާރީއާއި މޭވާ ކެޔުން އިތުރުކުރަން ޖެހެއެވެ. އަދި ތަރުކާރީއާއި މޭވާ އަޅައިގެން ކައްކާފައި ހުންނަ ކާނާ ކެޔުން އާދަކުރަން ޖެހެއެވެ. ހަމައެއާއެކު، ކޮންމެ ހަފްތާއަކު އާ މޭވާއެއް ނުވަތަ ތަރުކާރީއެއް ކެޔުމަށް މަސައްކަތް ކުރަންޖެހެއެވެ.
އެގޮތުން ސްޓްރޯބެރީއަކީ ގުދުރަތީގޮތުން ދަތް ހުދުކުރާ މާއްދާއެއް ހިމެނޭ މޭވާއެކެވެ. ޕެޑްޖެޑްޖާރަން ޖަރނަލް އޮފް ޑެންޓިސްޓްރީގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެމީހުން ކުރި ތަހުލީލަކުން ދައްކާފައިވާގޮތުގައި ކޮފީބުއިމުން ރީނދޫވެފައި ހުރި ދަތްޕިލައެއް ސްޓްރޯބެރީ ޖޫހުން ވަނީ ހުދުކޮށްދީފައެވެ. ސައިންސްވެރިން ބުނަނީ ސްޓްރޯބެރީގައި ހިމެނޭ ދަތްހުދުކުރާ މާއްދާއަކީ އޭގައި ހުންނަ މޭލިކް އެސިޑްކަމަށެވެ. އަދި މިއީ އާފަލުގައިވެސް ގިނަ މާއްދާއަކަށްވުމާއެކު އާފަލުގައި އެކުލެވޭ ފެނަކީވެސް ދަތުގައި ހަރުލާފައި ހުންނަ ކާއެއްޗެހި ސާފުކޮށްދޭ އެއްޗެކެވެ.
އޭގެ އިތުރުން، ހަރު ނުވަތަ ގިނައިން ހަފަން ޖެހޭ ތަރުކާރީއާއި މޭވާ ކެއުމަކީ ދަތުގެ ސިއްހަތަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެކަމެކެވެ. މިސާލަކަށް ކެރެޓާއި، ސެލެރީއަކީ ދަތް ސާފުކުރުމަށް ކެއުން ރަނގަޅު ތަރުކާރީގެ ބާވަތްތަކެކެވެ.
2. ޗީޒްކެޔުން
ޗީޒް ކެއުމަކީ ދަތް ހުދުކުރުމަށް ކުރެވިދާނެ ކަމެކެވެ. އަދި ޗީޒްގައި ހުންނަ ކެލްސިއަމްފަދަ މިނަރަލްތަކުގެ ސަބަބުން ދަތުގެ ބުޑުތައް ވަރުގަދަކޮށްދެއެވެ. ދަތުގެ ޑޮކްޓަރެއްކަމަށްވާ ޑރ. ރިޗަޑް މާރކޭސް ވިދާޅުވީ ޗީޒްގެ ތެރެއިން އެންމެ ރަނގަޅީ ހުދު ޗީޒްގެ ވައްތަރުތަސް ކަމަށެވެ.
3. ދަތް ސާފުކޮށް ބެހެއްޓުން
ދަތް ހުދުކޮށް ބެހެއްޓުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ދަތްތައް ސާފުކޮށް ބެލެހެއްޓުމެވެ. އެގޮތުން އެންމެ މަދުވެގެން ދުވާލަކު 4 މިނެޓު ދަތް އުނގުޅުމުގައި ހޭދަކުރަން ޖެހޭނެއެވެ. އެއީ ދުވާލު 2 މނެޓު، ރޭގަނޑު 2 މިނެޓެވެ. އަދި ދަތް އުނގުޅުމުގައި ރަނގަޅު ޓެކްނީކެއް ގެންގުޅެންވާނެ ކަމަށް ބްރިޓިޝް ޑެންޓަލް އެސޯސިއޭޝަންގެ ޕްރޮފެސަރ ޑޭމިއަން ވާލްމްސްލީ ވިދާޅުވެއެވެ. އެގޮތުން، އަނގައިގެ ހުރިހާ ކަނަކާއި އެކު، ދަތް އުނގުޅަން ޖެހޭނެކަމަށާއި، ދަތްއުނގުޅާ ނިމިގެން އަނަގައިގާ ހުރި ފޮނުގަނޑު ބޭރުކޮށްލުމަށް ފަހު އަނގަ ރަނގަޅަށް ދޮވުމުން ވަރަށް ފުރިހަމަ ނަތީޖާއެއް ފެންނާނެކަމަށް ވާލްމްސްލީ ވަނީ ވިދާޅުވެފައެވެ.
4. ބޭކިންގ ސޮޑާ ހުންނަ ދަތްއުނގުޅާ ބޭހެއް ބޭނުންކުރުން
2011 ވަނަ އަހަރު ކުރި ތަހުލީލުތަކަކުން ދެއްކި ގޮތުގައި ބޭކިންގ ސޮޑާ، ނުވަތަ ބައިކާރބޮނޭޓް ސޮޑާ އަޅާފައި ހުންނަ ދަތްއުނގުޅާ ބޭސް، ސިލިކާ-ބޭސްޑް ދަތް އުނގުޅާ ބޭހަށްވުރެ ދަތް ހުދުކުރުމަށާއި، ދަތް ރީނދޫވިޔަ ނުދިނުމަށް މާ ރަނގަޅެވެ. ފެނަށް ބޭކިންގ ސޮޑާ އަޅައިގެން ދަތްތައް ދޮވުމުންނާއި، ސީދާ ދަތް އުނގުޅާ ބުރުހަށް ބޭކިންގ ސޮޑާ އަޅައިގެން ދަތް އުނގުޅުމުންވެސް ދަތްތައް ހުދުކޮށްދޭނެއެވެ. ނަމަވެސް ގިނައިން ބޭކިންގ ސޮޑާ ބޭނުންކުރާނަމަ ހިރުގަނޑަށް ގެއްލުން ވެދާނެއެވެ.
5. ދަތުގެ ހާއްސަ ޑޮކްޓަރަކަށް ދެއްކުން
ވަރަށް ބޮޑަށް ރީނދޫވެފައި ހުރި ދަތްޕިލައެއް ނަމަ ދަތުގެ ހާއްސަ ޑޮކްޓަރެއްގެ ކައިރިއަށް ގޮސްގެން ދަތް ހުދުކުރެވިދާނެއެވެ. އެމީހުން ދަތް ހުދުކުރުމަށް ބޭނުންކުރާނީ ބްލީޗް ސޮލިއުޝަނެކެވެ. ބްލީޗުން ދަތް ހުދުކުރާއިރު ދަތުގެ ހާއްސަ ޑޮކްޓަރެއް ލައްވާ އެކަން ކުރުމަކީ މުހިންމު ކަމެކެވެ. ސަބަބަކީ ބްލީޗަކީ ވަރަށް ބާރުގަދަ އެއްޗެކަމަށްވާތީ ކޮންމެ ކޮންމެ ގޮތަކަށް އޭގެ ބޭނުން ކޮށްފިނަމަ ހިރުގަނޑާއި، ދަތްޕިލައަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެތީއެވެ.

ކިޔުންތެރިންގެ ހިޔާލު