އިންޑިއާގެ އޮޑީޝާގެ ފިހާރައަކަށް ކުއްލިއަކަށް ވަދެ، ފޯނުން ގޭމް ކުޅެން އިން ވިޔަފާރިވެރިއެއްގެ ގައިގައި ލޯތްބާއެކު ބައްދައިގަތް ރާމާމަކުނެއްގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެ، ގިނަ ބައެއްގެ ސަމާލުކަން ހޯދައިފިއެވެ.
މި އާދަޔާޚިލާފު އަދި ހިތްގައިމު ހާދިސާ ހިނގާފައިވަނީ، ފިހާރައިގެ ކައުންޓަރުގައި އެ މީހާ ފޯނަށް މުޅިން ގެއްލިފައި އިން ވަގުތެއްގައެވެ. އެހެންކަމުން، ފިހާރައިގެ ތެރެއަށް ރާމާމަކުނު ވަދެގެން އައިކަން ފުރަތަމަ އޭނާއަށް ރޭކާވެސް ނުލައެވެ.
އެ މަކުނު މަޑުމަޑުން ގޮސް އޭނާގެ ގައިގައި ބައްދައިގަތުމުން، ލިބުނު ކުއްލި ސިހުމާއި ހައިރާންކަމާއެކު، ހަދާނެ ގޮތެއް ނޭނގި އޭނާ ކޮންމެވެސް ވަރަކަށް ޖެހިލުންވެފައި އިން މަންޒަރު ވީޑިއޯއިން ފެނެއެވެ.
އިންސާނުންނާއި ޖަނަވާރުންގެ މެދުގައި އޮންނަ މިފަދަ ގާތް އަދި ލޯބި ގުޅުންތަކަކީ އަބަދުވެސް އާންމުންގެ ހިތްތައް ދަމައިގަންނަ ކަންކަމަށް ވާތީ، މި ވީޑިއޯ އާންމުވުމާއެކު މުޅި އިންޓަނެޓުގައި ވަނީ ބޮޑު މަޤްބޫލުކަމެއް ހޯދާފައެވެ.
ސޯޝަލް މީޑިއާގައި މި ވީޑިއޯ ބެލި ގިނަ ބަޔަކު ދަނީ މަކުނުގެ އެ ލޯބި ހަރަކާތަށް ތައުރީފުކޮށް، އަދި އެ ވަގުތު ފިހާރަވެރިޔާގެ މޫނުމަތިން ފެނުނު ސިހުމާއި ހައިރާންކަމުގެ އަސަރުތަކަށް މަޖާ ޝުޢޫރުތައް ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު