އިނގިރޭސިވިލާތުގެ ކެޕްޓަން އަދި ބަޔާން މިއުނިކްގެ ފޯވާޑް ހެރީ ކޭން
އިނގިރޭސިވިލާތުގެ ކެޕްޓަން އަދި ބަޔާން މިއުނިކްގެ ފޯވާޑް ހެރީ ކޭން
ފްރާންސް ފުޓްބޯޅަ މަޖައްލާއިން އިންތިޒާމުކޮށްގެން ދޭ ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ އެވޯޑު ކަމަށްވާ މިއަހަރުގެ (2026) ބެލޮންޑޯ އެވޯޑު އިނގިރޭސިވިލާތުގެ ކެޕްޓަން އަދި ބަޔާން މިއުނިކްގެ ފޯވާޑް ހެރީ ކޭން ހޯދައިފިއެވެ.

މިއީ ފާއިތުވި 25 އަހަރުގެ ތެރޭގައި އިނގިރޭސި ކުޅުންތެރިއަކަށް މި އެވޯޑު ލިބުނު ފުރަތަމަ ފަހަރެވެ. އެންމެ ފަހުން މި އެވޯޑު އިނގިރޭސިވިލާތަށް ހޯދައިދިނީ 2001 ވަނަ އަހަރު މައިކަލް އޯވެން އެވެ.

އިނގިރޭސިވިލާތުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކޭންއަށް މި އެވޯޑު ލިބުނީ ރިއަލް މެޑްރިޑްގެ ފޯވާޑް ކީލިއަން އެމްބާޕޭ އާއި ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލްއާ ވާދޮށްގެންނެވެ.

ނިމިދިޔަ ސީޒަނުގައި ކްލަބާއި ގައުމީ ޓީމަށް ކުޅުނު މެޗުތަކުގައި ޖުމްލަ 73 ލަނޑު ޖަހައި، ކޭން ވަނީ އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކާފައެވެ.

މި ބޮޑު ކާމިޔާބީއާއެކު ކޭން މިވަނީ އިނގިރޭސި ފުޓްބޯޅައިގެ ތާރީހީ ލެޖެންޑުން ކަމަށްވާ ސަރ ސްޓެންލީ މެތިއުސް، ސަރ ބޮބީ ޗާލްޓަން، ކެވިން ކީގަން އަދި މައިކަލް އޯވެން ފަދަ ކުޅުންތެރިންގެ ސަފުން ޖާގަ ހޯދާފައެވެ.

އެވޯޑާ ހަވާލުވުމަށްފަހު ވާހަކަދައްކަމުން ކޭން ބުނީ، މިއީ އޭނާގެ ފުޓްބޯޅަ ހަޔާތުގައި ލިބުނު އެންމެ ބޮޑު އެއް ޝަރަފު ކަމަށާއި، އަމިއްލަ ގައުމުގައި މި އެވޯޑު ލިބުމަކީ ވަރަށް ހާއްސަ އަދި އުފާވެރި އިހުސާސެއް ކުރެވުނު ކަމެއް ކަމަށެވެ. އަދި އޭނާއަށް ވޯޓު ދެއްވި ހުރިހާ ގައުމުތަކުގެ ޖާނަލިސްޓުންނާއި ސަޕޯޓަރުންނަށް ކޭން ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު