ޅ. ނައިފަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ބިޔަ މަޝްރޫޢުގެ ތެރެއިން، ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ހިއްސާކުރި މި މަޝްރޫޢުގެ އެންމެ ފަހުގެ އަދާހަމަ މަޢުލޫމާތުގައި ބުނެފައިވަނީ، ނައިފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު އެ ރަށުގައި ބާރަށް ކުރިއަށްދަނީ ގޮނޑުދޮށް ހިމާޔަތްކުރުމަށްޓަކައި ޖަހަންޖެހޭ ރިވެޓްމަންޓް ޖެހުމުގެ އަމަލީ މަސައްކަތްތައް ކަމަށެވެ.
ނައިފަރުގެ ތަރައްޤީއަށްޓަކައި ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. އެމަނިކުފާނު މި މަސައްކަތް ފައްޓަވައިދެއްވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު ނައިފަރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ދައުލަތުގެ ބަޖެޓުން 679 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢުގެ ދަށުން ނައިފަރުގެ ފަޅުން 44.8 ހެކްޓަރުގެ ބިން މިހާރު ވަނީ ކާމިޔާބުކަމާއެކު ހިއްކާ ނިންމާފައެވެ. ބިން ހިއްކުމުގެ މަސައްކަތަށްފަހު ދެން ކުރިއަށްދާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ބައިގެ ތެރެއިން، 1813 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 474 މީޓަރުގެ ދިގުމިނަށް ގްރޮއިން ޖެހުމުގެ އިތުރުން 803 މީޓަރުގެ ބޭރުތޮއްޓެއް ލުމުގެ މަސައްކަތްވެސް އެމްޓީސީސީން ކުރިއަށްގެންދާނެއެވެ.
ޖުމްލަ 630 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާގޮތަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫޢަކީ ނައިފަރަށް ދިމާވެފައިވާ ބޯހިޔާވަހިކަމާއި ބިމުގެ ދަތިކަމަށް ދާއިމީ އަދި ބޮޑު ހައްލެއް ލިބިގެންދާނެ މުހިންމު މަޝްރޫޢެކެވެ. މީގެއިތުރުން، މި މަޝްރޫޢު ނިމިގެން ދިއުމަކީ އެ ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމެއް ކަމުގައި ސަރުކާރުން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު