ސްކޫލެއްގެ ކުލާހެއް:  ޓީޗަރަކު އޭނާގެ ދިރިއުޅުމުގައި ދިމާވި ގޮންޖެހުންތަކާއި ތަޖުރިބާތައް ކިޔައިދެނީ
ސްކޫލެއްގެ ކުލާހެއް: ޓީޗަރަކު އޭނާގެ ދިރިއުޅުމުގައި ދިމާވި ގޮންޖެހުންތަކާއި ތަޖުރިބާތައް ކިޔައިދެނީ
އަހަރަކު މަދުވެގެން 195 ދުވަހު ސްކޫލުތަކުގައި ކިޔަވައިދޭންޖެހޭ ގޮތަށް ހަދަން ތައުލީމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ހުރާ ދާއިރާގެ މެމްބަރު ޑރ. އަނާރާ ނައީމް މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލުގައި ވަނީ ދިރާސީ އާ އަހަރު ޖެނުއަރީ މަހު ފަށަން ހިމަނައިފައެވެ. އަދި ޖެނުއަރީ މަހު ނުފެށޭ ހާލަތުގައި ފެބްރުއަރީ މަހު ދިރާސީ އާ އަހަރު ފަށަންވާނެ ކަމަށް ބުނެފައިވެއެވެ.

އަަދި ރަސްމީ ބަންދު ދުވަސްތަކާއި ސްކޫލު ޗުއްޓީ ނުހިމެނޭ ގޮތަށް 195 ދުވަހު ސްކޫލުތަކުގައި ކިޔަވައިދޭން ޖެހޭނެކަމަށް ވެސް ބުނެފައި ވެއެވެ.

ރާއްޖޭގައި ދިރިއުޅޭ ކޮންމެ ދިވެހި ކުއްޖަކަަށް ޕްރީ ސްކޫލު ތައުލީމާއި ފަށާ ތައުލީމާއި ސާނަވީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ދައުލަތުން ހިލޭ ފޯރުކޮށްދެންވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

އެ ބިލުގެ ފުރަތަމަ ކިއުން އިއްވައި މިހާރު ކުރިއަށްދަނީ އިބްތިދާއީ ބަހުސްއެވެ.



ކިޔުންތެރިންގެ ހިޔާލު