ނަސްރުގެ ދުވަހުގެ ފަރިތަކުރުންތަކަށް ޖުމްހޫރީ މައިދާން ސަރަހައްދުތައް ބަންދުކުރަނީ
ނަސްރުގެ ދުވަހުގެ ފަރިތަކުރުންތަކަށް ޖުމްހޫރީ މައިދާން ސަރަހައްދުތައް ބަންދުކުރަނީ
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށްޓަކައި، މިއަދުން ފެށިގެން ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ ޓްރެފިކަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ފުލުހުން ބުނީ، މި ފަރިތަކުރުންތަކާ ގުޅިގެން މިއަދުން (31 އޮކްޓޫބަރު) ފެށިގެން އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް، ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ މަގުތަކާއި ފަޅުތެރެ ވަކި ވަގުތުތަކެއްގައި އާންމު ދަތުރުފަތުރަށް ބަންދުވާނެ ކަމަށެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ދުވަސްތަކުގައި އެ ސަރަހައްދުގެ ފަޅުތެރެ އާންމު ދަތުރުފަތުރަށް ބަންދުވާނީ މެންދުރުފަހު 15:00 އިން ފެށިގެން ފަރިތަކުރުންތައް ނިމެންދެންނެވެ. އަދި ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ މަގުތައް އާންމު ދަތުރުފަތުރަށް ބަންދުކުރުމަށް ހަމަޖެހިފައިވަނީ ހަވީރު 15:30 އިން ފެށިގެން ފަރިތަކުރުންތައް ނިމެންދެންނެވެ.

މި ބަދަލުތަކާ ގުޅިގެން ކަނޑުދަތުރުފަތުރާއި އެއްގަމު ދަތުރުފަތުރު ކުރައްވާ ފަރާތްތަކަށާއި، އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ފުލުހުން ވަނީ މަޢާފަށް އެދިފައެވެ. އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން އަބަދުވެސް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހަކީ ރާއްޖޭގައި ފާހަގަކުރާ ނަސްރުގެ ދުވަހަށް ވާއިރު، މި ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ސަލާމަތީ ބާރުތަކުން އިސްނަގައިގެން ތަފާތު ހަރަކާތްތަކެއް ބޭއްވުމަށް އަބަދުވެސް އަންނަނީ ތައްޔާރުވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް