ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި އެކިކަހަލަ ނަފްސާނީ ހާލަތްތައް މެދުވެރިވެފައިވާ ކުދިންނަށް އަމާޒުކޮށް، ގޭގައި ތިބެގެން މަދަރުސީ ތަޢުލީމު ފޯރުކޮށްދިނުމަށް "ހޯމް-ސްކޫލިން" ޕްރޮގްރާމް ތަޢާރަފް ކުރުމަށްޓަކައި ތަޢުލީމުގެ ޤާނޫނަށް ހުށަހެޅި އިސްލާޙުގެ ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ.
މި ބިލަކީ ސަރުކާރުގެ ފަރާތުން ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.
މި އިސްލާޙުގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުގެ ނުކުޅެދުންތެރިކަން ހުރި ނިސްބަތަށް ނުވަތަ ނަފްސާނީ ހާލަތު ހުރި މިންވަރަށް ބަލައި ހަދާ ޚާއްޞަ އެސެސްމެންޓަކަށް ރިޢާޔަތްކޮށް، ގޭގައި މަދަރުސީ ތަޢުލީމު ފޯރުކޮށްދިނުމުގެ ނިޒާމެއް ޤާއިމުކުރުމެވެ. އެގޮތުން، މި ޕްރޮގްރާމްގެ ދަށުން ކިޔެވުމުގެ ފުރުޞަތު ދެވޭނެ ޝަރުތުތަކާއި އުސޫލުތައް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި ޖިސްމާނީ، ނަފްސާނީ ނުވަތަ އެނޫންވެސް ޚާއްޞަ ހާލަތެއް މެދުވެރިވެފައިވާ ދަރިވަރުންނަށް ހޯމް-ސްކޫލިންގެ ދަށުން ފަސޭހަކަމާއެކު ތަޢުލީމު ހާސިލުކުރެވޭނެ މަގު މި ބިލުން ފަހިވެގެންދާނެއެވެ.
މިއަދުގެ ޖަލްސާގައި މި ބިލަށް ބަހުސްކުރެއްވި ސަރުކާރަށް ނިސްބަތްވާ މެންބަރުން ވިދާޅުވީ، މިއީ ރާއްޖޭގެ ތަޢުލީމީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ޒަމާނީ ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތްތަކުގެ ހެއްކެއް ކަމަށެވެ. އަދި މިއީ އެއްވެސް ކުއްޖަކު ބާކީނުކޮށް، ހުރިހާ ދަރިވަރުންގެ ޙައްޤުތައް ފުރިހަމައަށް ހިމާޔަތްކޮށްދިނުމަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައިވެސް މެންބަރުން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މި ބިލާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ހަޤީޤަތާ ޚިލާފު ވާހަކަތައް ދައްކައި، ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާތީ ސަރުކާރު މެންބަރުން ވަނީ އެކަމާމެދު ކަންބޮޑުވުމާއި ނުރުހުން ފާޅުކުރައްވާފައެވެ. އަދި ރައްޔިތުންގެ ލާބައާއި މަންފާއާ ގުޅިފައިވާ މިފަދަ މުހިންމު ބިލުތަކަށް ބަޙުސްކުރާއިރު، ކަންކަމުގެ ހަޤީޤަތް އޮޅޭގޮތަށް ވާހަކަ ނުދެއްކުމަށްވެސް މެންބަރުން ވަނީ ގޮވާލައްވާފައެވެ.
ހޯމް-ސްކޫލިންގެ އިތުރުންވެސް މަދަރުސީ ތަޢުލީމުގެ ނިޒާމު ހިންގުމާއި ތަންފީޒު ކުރުމުގައި ބެލެނިވެރިންނާއި، މުދައްރިސުން އަދި ސްކޫލްތަކުގެ ޕްރިންސިޕަލުންގެ ދައުރު މިހާރަށްވުރެ ބޮޑަށް ސާފުކޮށް ބަޔާންކުރުން މި ބިލުގައި ހިމެނެއެވެ. އަދި މިހާރު ޢަމަލުކުރަމުންދާ ތަޢުލީމުގެ ޤާނޫނު ތަންފީޒު ކުރުމުގައި ދިމާވާ ދަތިތަކަށް އެކަށީގެންވާ ޙައްލުތަކެއް ހޯދައިދިނުމަކީވެސް މި ބިލު ހުށަހެޅުމުގެ މައިގަނޑު އެއް މަޤްޞަދެވެ.
މަޖިލީހަށް މި ބިލު ބަލައިގަތުމާ ގުޅިގެން، ބިލު އިތުރަށް ދިރާސާކުރުމަށްޓަކައި މިހާރު ވަނީ މަޖިލީހުގެ ކަމާބެހޭ ދާއިމީ ކޮމިޓީއަށް ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު