ހެރިޓޭޖް މިނިސްޓްރީއާއި ފުލުހުން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.
ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު މިއަދު ވަނީ ފުލުހުންގެ މައި އިދާރާ، ޝާހީދު ހުސައިން އާދަމް ބިލްޑިންގައި ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދުއާ ބައްދަލުކުރައްވައިފައެވެ.
ފުލުހުން ބުނީ މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރީ ފުލުހުންނާއި ހެރިޓޭޖް މިނިސްޓްރީ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ކަމަށެވެ. އަދި ކުރިމަގުގައި ދެ މުއައްސަސާ ގުޅިގެން ހަރަކާތްތައް ހިންގުމަށާއި، ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ ހިޔާލު ބަދަލުކޮށްފައެވެ.
މި ވަފުދުގައި ހެރިޓޭޓްގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުނާޒްއާއި ޕާމަނަންޓް ސެކްރެޓަރީ ޔާނިއު ހާޝިމާއި، އިވެންޓްސް ޑިރެކްޓަރު އައިޝަތު ހަމްލާއާއި، ސީނިއާ އިވެންޓް ޕްލޭނަރު އައްބާސް މުހައްމަދު އަދި ސީނިއާ ޕީއާރް އޮފިސަރު މުހައްމަދު ހިމެނިވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު