ކޯޓު އަމުރެއްގެ ދަށުން ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރުކުރުމާ ގުޅިގެން، އެ އަމުރު ބާތިލުކުރުމަށް އެދި އޭނާގެ ފަރާތްޕުޅުން ހައި ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
އިއްޔެގެ ވަގުތެއްގައި މި މައްސަލަ ހައި ކޯޓަށް ހުށަހަޅާފައި ވީނަމަވެސް، މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ވަކި ގޮތެއް ނިންމަވާފައެއް ނުވެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ ހޯމަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ޝާހިދު ހައްޔަރުކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ. މި މައްސަލައިގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އަންގާރަ ދުވަހު ކޯޓަށް ހާޒިރުކުރުމުން، ތަހުގީގު މަރުހަލާއަށް 30 ދުވަހުގެ މުއްދަތެއް ވަނީ ޖަހައިދީފައެވެ.
މީގެއިތުރުން، މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށްޓަކައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ރޭގެ ވަގުތެއްގައި ޝާހިދު ދިރިއުޅުއްވާ ހ. ރަބީއީމަންޒިލް ވެސް ފާސްކޮށްފައެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ އުމުރުން 64 އަހަރުގެ ޝާހިދު ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް މުޅިން ދޮގުކުރައްވާފައެވެ. ހައްޔަރުކުރުމުގެ
ކުޑައިރުކޮޅެއް ކުރިން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، މިއީ ސިޔާސީ ބޭނުމެއްގައި އޭނާގެ އަބުރު ކަތިލުމަށްޓަކައި ދައްކަމުންދާ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި މިފަދަ ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ނުފެތުރުމަށް ވެސް އޭނާ ވަނީ އާންމުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު