ފުލުހުންނާ މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ފ، ބިލެތްދޫ, މާބަގީޗާގޭ، މުހައްމަދު މުހައިމިންއެވެ. މި މާރާމާރީއާ ގުޅިގެން އޭނާ ހައްޔަރުކޮށް، ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިއަދު އޭނާ ވަނީ 15 ދުވަހަށް ބަންދުކޮށްފައެވެ.
ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 އަދި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް އޭނާ ބަންދުކުރަން ނިންމީ، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީއެވެ.
އުމުރުން 31 އަހަރުގެ މުހައިމިނަކީ ހައްޔަރާއި ބަންދުގެ ރެކޯޑް އޮންނަ މީހެކެވެ.
ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި މުހައިމިންގެ މައްޗަށްކުރަނީ މާރާމާރީގެ އިތުރުން މުދަލަށް ގެއްލުން ދިނުމާއި ގާނޫނު ތަންފީޒުކުރުމަށް ދަތިކުރުމުގެ ތުހުމަތެވެ.

ކިޔުންތެރިންގެ ހިޔާލު