ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
މާރާމާރީ ހިންގައި ހުއްދަނޫން ގޮތުގައި މީހަކު ހިފަހެއްޓި މައްސަލައިގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ކ.ކާށިދޫއަށް ނިސްބަތްވާ އެ ރަށު ދުންތަރި، މުހައްމަދު ޝުނާންއެވެ. މި މައްސަލައާއާ ގުޅިގެން 21 އަހަރުގެ ޒުވާނާ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ 20 ދުވަހަށް ބަންދުކޮށްފައެވެ.

އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 އަދި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް އޭނާ ބަންދުކުރަން ނިންމީ، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީއެވެ.

ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި ފުރަތަމަ ދުވަހުން ފެށިގެންވެސް އޭނާ ތަހުގީގަށް ދަނީ އެއްބާރުލުން ދެމުންނެވެ. އަދި އޭނާގެ ފޯޏު ހުޅުވައިދީ ވީހާވެސް އަަވަހަށް ތަހުގީގު ނިންމައިދިނުމަށް އޭނާ އެދިފައިވާކަމަށް ބުނެފައިވެއެވެ.

އެ މައްސަލައިގައި ޖިސްމާނީ އަނިޔާ ދިނުމާއި ޖިނާއީ މަޖުބޫރުކުރުވާފައިވާކަމުގެ ހެކި ޝުނާންއާ ދެކޮޅަށް ހުށަހަޅާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު