އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓް ފައިޞަލް ނަސީމާއި އެމަނިކުފާނުގެ ރަނިންމޭޓް، މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް، މިހާރު ކުރިއަށްދާ "ރަންނަމާރި ޗެލެންޖް" ސާފިން މުބާރާތް ބައްލަވާލައްވައިފިއެވެ.
އިއްޔެ ހަވީރު ވަރުނުލާ ރާޅުގަނޑު ސަރަޙައްދަށް ވަޑައިގެން، އެ ދެބޭފުޅުން ވަނީ މުބާރާތުގެ އެކި ކަންކަން ބައްލަވާލައްވައި، ރާއްޖޭގެ ރާޅާއެޅުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ ބައްދަލުކުރައްވައި ރާޅާއެޅުންތެރިންނަށް ހިތްވަރު ދެއްވާފައެވެ.
މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތަކީ ދިވެހި ސާފް ލީގު (ޑީއެސްއެލް) ގެ މިއަހަރުގެ ސީޒަން ނިންމާލުމުގެ ގޮތުން ބާއްވާ އެންމެ ފަހު އަދި އެންމެ ބޮޑު މުބާރާތެވެ.
ނޮވެންބަރު 2 އިން 8 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން އެންމެ މޮޅެތި ރާޅާއެޅުންތެރިން ބައިވެރިވެ، އެމީހުންގެ ހުނަރު ދައްކާލުމަށާއި، ޤައުމީ ފެންވަރުގައި ކުރިއަށްދިއުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ.
ރާއްޖެއަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކޮށްލެވޭ ފަދަ މޮޅެތި ސާފިން ސްޕޮޓްތަކެއް ހުރި ޤައުމަކަށްވާއިރު، ވާދަވެރި ކުޅިވަރެއްގެ ގޮތުގައާއި ސްޕޯޓްސް ޓޫރިޒަމްގެ ބައެއްގެ ގޮތުގައި ރާޅާއެޅުން އިތުރަށް ތަރައްޤީ ކުރުމުގެ ބޮޑު ފުރުޞަތެއް އޮތްކަން މި ޒިޔާރަތުގައި ފާހަގަކުރެވުނެވެ.
މިފަދަ މުބާރާތްތަކުގެ ސަބަބުން އެކި އަތޮޅުތަކުގެ ރާޅާއެޅުންތެރިންނަށް ތަޖުރިބާ ލިބި، ރާއްޖޭގައި މި ކުޅިވަރު އިތުރު ހިސާބަކަށް ފުޅާވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު