މެޓް އޮފީހުގެ އެޕްލިކޭޝަން
މެޓް އޮފީހުގެ އެޕްލިކޭޝަން
ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ މަރުކަޒު (މެޓް އޮފީސް) އިން މޫސުމީ އެކިއެކި އިންޒާރުތައް ސީދާ ފޯނަށް ލިބޭނެ އިންތިޒާމު ހަމަޖައްސައި، ހާއްސަ މޯބައިލް އެޕްލިކޭޝަނެއް ތައާރަފުކޮށްފިއެވެ.

މި އެޕްލިކޭޝަންގެ ސަބަބުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މޫސުން ގޯސްވާ ވަގުތުތަކާއި، ނުރައްކާތެރި ހާލަތްތަކުގައި ނެރޭ ސަމާލުތަކާއި އިންޒާރުތައް އާންމު ރައްޔިތުންނަށް ވަގުތުން ލިބިގެންދާނެއެވެ.

މި އެޕްލިކޭޝަން އުފެއްދުމުގެ މައިގަނޑު މަގުސަދަކީ މޫސުމުގެ ކުއްލި ބަދަލުތަކާއި ނުރައްކާތަކުގެ މައުލޫމާތު ވީއެންމެ އަވަހަކަށް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދީ، މޫސުމީ ކާރިސާތަކުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ކުރިއާލައި ތައްޔާރުވުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

މި ހިދުމަތް ތައާރަފުވުމާއެކު، އާންމުންނަށް މޫސުމީ ހާލަތްތައް ދެނެގަތުމަށް އިތުރަށް ފަސޭހަވެގެންދާނެއެވެ. މި އެޕްލިކޭޝަން އެޕް ސްޓޯރުތަކުން ޑައުންލޯޑު ކުރެވޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު