ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރާއްޖޭގައި މަރުގެ އަދަބު އިއްވާ މީހުން ދަންޖައްސައިގެން މަރަން ގާނޫނުގައި ހިމެނުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޒުކުރުމާ ބެހޭ މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދެވެ.

މަޖިލީހަށް ހުށަހެޅި ބިލުގައިވާ ގޮތުން، މަރަށް ހުކުމް ކުރެވޭ ކުށްވެރިންގެ މައްޗަށް މަރުގެ އަދަބު ތަންފީޒު ކުރާނީ ދަންޖައްސައިގެންނެވެ.

އެގޮތުން ދަންޖެއްސުން ކަމަށް ބިލުގައި މާނަކޮށްފައިވަނީ، ކުށްވެރިޔާގެ ފުރާނަ ނެތިކޮށްލުމަށްޓަކައި އޭނާގެ ކަރުގައި މަޅިއެއް އަޅުވައި ބާރުކުރުމަށްފަހު، އެ މަޅީގައި އެލޭނެ ގޮތް ހެދުމަށެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުން ދަންޖެއްސުމަށް ބޭނުންކުރާ އާލާތްތަކާއި ތަކެތި އަދި އެކަން ކުރާ ގޮތަކީ، ކުށްވެރިޔާއަށް އެންމެ ވޭން ކުޑަވާނެ ގޮތަކަށް އަދި އެންމެ އަވަހަށް އަދަބު ތަންފީޒުކުރެވޭނެ ގޮތްތަކަށް ވާންޖެހޭނެއެވެ.

މީގެއިތުރުން ދަންޖެއްސުމުގައި ހަރަކާތްތެރިވާ ފަރާތްތަކަކީ އެކަމުގެ ހާއްސަ ތަމްރީނު ލިބިފައިވާ މީހުންނަށް ވާންޖެހޭނެ ކަމަށްވެސް ބިލުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، މަރުގެ އަދަބު ތަންފީޒުކުރާ ވަގުތު އެތަނުގައި ކޮމިޝަނަރ އޮފް ޕޮލިސް ނުވަތަ އޭނާ ކަނޑައަޅާ މީހަކާއި، ޕްރޮސެކިއުޓާ ޖެނެރަލް ނުވަތަ އޭނާ ކަނޑައަޅާ މީހެއްގެ އިތުރުން ކޮމިޝަނަރ އޮފް ޕްރިޒަންސް ނުވަތަ އޭނާ ކަނޑައަޅާ މީހަކާއި ޑޮކްޓަރަކު ހާޒިރުވެ ތިބެންޖެހޭނެ ކަމަށްވެސް މި ބިލުގައި ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް