އަހާ ފޯރަމްގައި ހައުސިން އަދި އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. މުއްތަލިބު ވާހަކަ ދައަކަވަނީ--
އަހާ ފޯރަމްގައި ހައުސިން އަދި އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. މުއްތަލިބު ވާހަކަ ދައަކަވަނީ--
ގިރާވަރު ފަޅާއި ތިލަފުށި ގުޅުވައިދޭ ބްރިޖުގެ ޑިޒައިން މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ލަހެއް ނުވެ އިއުލާން ކުރެވޭނެކަމަށް ހައުސިން އަދި އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ރޭ ގެނެސްދިން "އަހާ ފޯރަމް"ގެ 11 ވަނަ އެޕިސޯޑުގައި މިނިސްޓަރު ވިދާޅުވީ ތިލަފުށިން ފެށިގެން އުތުރު ތިލަފަޅާ ހަމައަށް ބުރިޖުން ގުވާލަން އޭޝިއަން ޑިވޮލޮޕްމަންޓް ބޭންކުގެ އެހީގައި ފީސިބިލިޓީ ސްޓަޑީސްއެއް ކުރިން ހެދި ކަމަށެވެ،. އެހެން ނަމަވެސް ލޯނު ލިބުމުގައި ކުރިމަތިވި ދަތިތަކާ ގުޅިގެން އެ މަޝްރޫއު ކުރިއަށް ނުގެންދެވުނުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.އަދި މާ ލަސްތަކެއް ނުވެ އެ މަޝްރޫއުގެ ޑިޒައިން މަސައްކަތްތައް ކުރުމަށްޓަކަށް ބަޔަކު ހޯދަން އިއުލާންކުރައްވާނެކުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

"އެއާއެކު އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ އިގުތިސާދީ ހާލަތު ރަނގަޅުވެ ލޯނު ލިބެންވާއިރަށް ބޭނުންވާ ޓެކްނިކަލް ހުރިހާ މަސައްކަތްތަކެއް ކޮށްފަ ބެހެއްޓުން"މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އަމާޒަކީ މި ވެރިކަމުގައި އެ މަސައްކަތް ކޮންޓްރެކްޓަރަކާ ހަވާލުކޮށް މަސައްކަތް ފެށިގެން ދިޔުން ކަމަށެވެ.

ތިިލަމާލެ ބުރިޖު ވިލިމާލެއާ މާލެއާ ގުޅާލާފައިވާ އިރު ވިލިމާލެއާ ގުޅިފަޅާވެސް ދާފި ފަހުން ވަނީ ގުޅާލައިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް