ރާއްޖޭގެ އެކި ރަށްރަށުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން، އެންވަޔަރަަމަންޓް މިނިސްޓްރީން ސްޓެލްކޯއާ ހަ މަޝްރޫއެއްގެ މަސައްކަތް ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުންނާއި ސްޓެލްކޯގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ފެނާއި ނަރުދަމާގެ ހިދުމަތް ފުޅާކުރަން ސްޓެލްކޯއާ ހަވާލުކުރި ރަށްތަކަކީ ހއ. މޮޅަދޫ، ހއ. އުލިގަން، ރ. ކިނޮޅޮސް، ބ. މާޅޮސް، އަދި ރ، އިންނަމާދޫއެވެ. މާޅޮސް ފިޔަވައި ހުރިހާ ރަށެއްގެ މަޝްރޫއުވެސް ހަވާލުކުރީ އެއް އަހަރުގެ ތެރޭގައި ނިންމާގޮތަށެވެ. މާޅޮސްގެ މަޝްރޫއު ހަވާލުކުރީ 270 ދުވަހުން ނިންމާ ގޮތަށެވެ.
އެ މަޝްރޫއުތައް ހަވާލުކުރީ ޖުމްލަ 116.3 މިލިއަން ރުފިޔާއަށެވެ.
މި މަޝްރޫއުތަކުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފުރިހަމަކޮށްދީ، ރަށްރަށުގައި ގާއިމުކުރެވިފައިވާ ފެނާއި ނަރުދަމާގެ ނިޒާމުތައް އިތުރަށް ހަރުދަނާކޮށް، ފުޅާ ދާއިރާއެއްގައި އެ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، މި ހިދުމަތްތައް މެދުނުކެނޑި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ލިބެމުންދާނެ އިންތިޒާމު ހަމަޖެއްސުމަކީ ވެސް މި އެއްބަސްވުންތަކުގެ މުހިންމު ބޭނުމެއްކަމަށް އެންވަޔަރަމަންޓް މިނިސްްޓްރީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު