މިދިޔަ މަހުގެ ފަހުކޮޅު ކެފޭއެއްގެ ތެރޭގައި ބަޔަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގެ ތުހުމަތުގައި އިތުރު ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، ކޯޓު އަމުރެއްގެ ދަށުން އެ މައްސަލައިގައި އަލަށް ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ، ޒެނިތު، އައިހަމް އާދިލް (24އ) އާއި، ކ. ކާށިދޫ، ދުންތަރި، މުޙައްމަދު ޝުނާން (21އ) ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން އެންމެ ފުރަތަމަ ހައްޔަރުކުރީ ގއ. މާމެންދޫ، އިފަން، އިފްހާމް އަޙްމަދު (19އ) އެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފުރަތަމަ ދިން 16 ދުވަހުގެ މުއްދަތު ހަމަވުމާ ގުޅިގެން، ބަންދުގެ މުއްދަތު އިތުރު 20 ދުވަހަށް އިއްޔެ ވަނީ ދަމަހައްޓާފައެވެ.
މި ހާދިސާގެ ތަފްސީލު ހާމަކުރަމުން ފުލުހުން ބުނީ، އަނިޔާ ލިބުނު ފަރާތްތަކުން ފޯނު ނުދީފިނަމަ ބިއްލޫރި ފުޅިއަކުން ހަމަލާދޭނެ ކަމަށް ބުނެ އިފްހާމް އިންޒާރުދީ ބިރުދެއްކި ކަމަށެވެ. މީގެ އިތުރުން، އަނިޔާ ލިބުނު މީހުންގެ އަބުރާއި ޢިއްޒަތަށް އުނިކަން އަންނާނެ ފަދަ ގޮތަކަށް، ގިނަ ބައެއްގެ ކުރިމަތީގައި ފޯނުން އެ މަންޒަރު ވީޑިއޯކޮށްފައިވާ ކަމަށްވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު