އުމުރުން 72 އަހަރުގެ ބައްޕަ
އުމުރުން 72 އަހަރުގެ ބައްޕަ
ލެޓިން އެމެރިކާގެ ޕެރަގުއޭގެ މަގުމަތިން ފެނިގެންދާ މި އަސަރުގަދަ މަންޒަރަކީ، މިއަދު މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ އަދި ބައްޕައެއްގެ މަތިވެރި ލޯތްބާއި ގުރުބާނީ ހާމަކޮށްދޭ ނުހަނު ރީތި މިސާލެކެވެ.

އުމުރުން 72 އަހަރުގެ މި ދުވަސްވީ ބައްޕަ، ކޮންމެ ރެއަކުވެސް ވަޒީފާ ނިންމާފައި އަންނަ އޭނާގެ ދަރިފުޅަށް މަރުހަބާ ކިޔުމަށާއި، ދަރިފުޅުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބަސް ހުއްޓާ މަންޒިލުގައި ކެތްތެރިކަމާއެކު އިންތިޒާރުކުރެއެވެ.

މި ހާދިސާގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ އެ ބައްޕަގެ ހިތްވަރާއި ސާބިތުކަމެވެ. ބޯކޮށް ވާރޭވެހި، ގަދަފަދަ ވަޔާއި ފިނީގެ ސަބަބުން މޫސުން ކިތަންމެ ގޯސްވި ނަމަވެސް، އެ ބައްޕަގެ މި އޯގާތެރި އާދައަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ކޮންމެ ރެއަކުވެސް ގަޑިއަށް އެތަނަށް ގޮސް ދަރިފުޅު އަންނާނެ އިރަކަށް އިންތިޒާރުކޮށް، ދަރިފުޅު ފެނުމާއެކު އެ މޫނުމަތިން ފާޅުވާ ހިނިތުންވުމަކީ، އަގުނުކުރެވޭ ފަދަ މަތިވެރި ލޯތްބެއްގެ ފުރިހަމަ ހެއްކެކެވެ.

ބައެއް ފަހަރު ބައްޕައެއްގެ ހިތުގައިވާ ކުލުނާއި ލޯބި ސިފަވެގެންދަނީ މިފަދަ ހިމޭން، ނަމަވެސް ފުން އަސަރުތަކެއް އެކުލެވޭ އަމަލުތަކުންނެވެ. ދުލުން ބުނެދޭ ބޮޑެތި ވާހަކަތަކަށް ވުރެ، ދަރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މައިންބަފައިން ކުރާ ބުރަ މަސައްކަތާއި ވާ ގުރުބާނީ މިފަދަ އަމަލުތަކުން މާ ބޮޑަށްވެސް ސާފުވެގެންދެއެވެ. ގައިބާރު ދެރަވެ އުމުރުން ދުވަސްވެފައިވީ ނަމަވެސް، ދަރިފުޅަށް ދިމާވެދާނެ ނުރައްކަލަކުން ސަލާމަތްކުރުމަށްޓަކައި އެ ބައްޕަ ކުރާ މި ދަތުރަކީ، ދަރިއަކަށް މިންވަރުކުރައްވާނެ އެންމެ އަގުބޮޑު އެއް ނިއުމަތެވެ.

މި ހިތްގައިމު މަންޒަރުން ދޭހަކޮށްދެނީ، ހަގީީގީ ލޯތްބަކީ ހަމައެކަނި ދުލުން ކިޔައިދޭ ބަސްތަކެއް ނޫން ކަމެވެ. އެއީ އަމަލުން ދައްކުވައިދޭންޖެހޭ، އަދި ކޮންމެފަދަ ހާލަތެއްގައިވެސް ދެމެހެއްޓެންޖެހޭ މާތް ގުޅުމެކެވެ. މިއީ މިއަދުގެ ޒުވާން ޖީލަށާއި ހުރިހާ މައިންބަފައިންނަށްވެސް، އޯގާތެރިކަމާއި ޒިންމާދާރުކަމުގެ ގޮތުން ލިބިގެންދާ ނުހަނު އަގުހުރި ފިލާވަޅެކެވެ.



ކިޔުންތެރިންގެ ހިޔާލު