ދިވެހި ސަރުކާރުން މިހާރު އެންމެ ބޮޑަށް ކަންބޮޑުވާ، މާލެ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން މާލޭގެ ރައްޔިތުންނަށް ތިނަދޫ ސިޓީއިން ބިން ދޫކުރަން ތައްޔާރަށް އޮތް ކަމަށް ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ވިދާޅުވެއްޖެއެވެ.
މޭޔަރު ސައުދު ވިދާޅުވީ، ސަރުކާރަށް ދިމާވެފައިވާ މި ބޮޑު މައްސަލަ ހައްލުކުރުމަށްޓަކައި، ތިނަދޫ ސިޓީގެ ރައްޔިތުންނަށާއި މާލޭގެ ރައްޔިތުންނަށް ވެސް ބޯހިޔާވަހިކަން ހަމަޖައްސައިދިނުމަށް އެ ސިޓީން ބިން ދޭން ތައްޔާރަށް ތިބި ކަމަށެވެ.
މިއީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމާއި ތޮއްޖެހުމުގެ މައްސަލައަށް ސަރަހައްދީ ފެންވަރުގައި ލުޔެއް ހޯދައިދިނުމަށް އެ ސިޓީ ކައުންސިލްގެ ފަރާތުން އިސްނަގައިގެން ކުރިއަށްގެންދަން ބޭނުންވާ މުހިންމު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މިކަމާ ގުޅޭގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރާއެކު ފުޅާ ދާއިރާއެއްގައި ގިނަ މަޝްވަރާތަކެއް ކުރެވޭނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.
އަދި އެ މަޝްވަރާތަކުގެ އަލީގައި މި މައްސަލައަށް އެކަށީގެންވާ ރަނގަޅު ހައްލެއް ހޯދުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ސައުދު ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު