މާލޭގައި ފުޅާދާއިރާއެއްގައި ގަވާއިދާ ޚިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކުގައި އިސްކޮށް އުޅުނު، ހ. ކަރޯ، މާލެ، މުޙައްމަދު ރަޝްވާން ޢައްބާސް ގެ ބަންދަށް އަނެއްކާވެސް 15 ދުވަސް އިތުރުކޮށްފިއެވެ.
ހ. މާދޫގެ ބަލައި ފާސްކޮށް މިދިޔަ މަހުގެ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި، އެ ގެއާއި ގުޅުންހުރި ތަންތަނުން ޖުމްލަ 826 ފުޅި ބަނގުރާ ވަނީ އަތުލައިގަނެފައެވެ. މި މައްސަލައާ ގުޅިގެން ރަޝްވާން ބަންދުކޮށް، މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވަނީ 15 ދުވަހުގެ މުއްދަތު ދީފައެވެ.
އޭނާގެ ބަންދުގެ މުއްދަތު ހަމަވުމާ ގުޅިގެން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ އިތުރު 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. މިއީ އޭނާގެ ބަންދުގެ މުއްދަތު ޖެހި ތިންވަނަ ފަހަރެވެ.
ރަޝްވާންގެ ބަންދު އަމުރުގައި ބަޔާންކޮށްފައިވާގޮތުގައި، އޭނާ ބަންދުގައި ބަހައްޓަން ނިންމީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާޢައަތުގެ ޤާނޫނުގެ 59 އަދި 60 ވަނަ މާއްދާއަށް ރިއާޔަތްކުރުމަށްފަހު، ބަންދުން ދޫކޮށްލައިފިނަމު މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީއެވެ.
މި މައްސަލައިގައި ރަޝްވާން ހައްޔަރުކޮށްފައިވަނީ ބަނގުރަލުގެ މައްސަލައެއްގައި ހިފެހެއްޓުނު ބިދޭސީންތަކެއް ދިން މަޢުލޫމާތާ ގުޅިގެން، އޭނާއާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމުގެ ތެރޭގައެވެ. މި މައްސަލައިގައި ފާހަގަކުރެވުނު 3 ބިދޭސީއަކު ވެސް މިހާރު ތިބީ ބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު