އޮޅުވާލައިގެން މީހަކު ގެއަކަށް ގެންގޮސް، އޭނާގެ އަތުން ފޯނާއި ގަޑިއާއި ފައިސާ ފޭރުނު މައްސަލައެއްގެ ތުހުމަތުގައި ދިވެހި ތިން ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ށ. ޅައިމަގު، އަތަމާގެ، ފާރިސް އަލީ ޝަރީފް (31އ) އާއި، ސ. ހިތަދޫ، ގަނޑުވަރު، އައުސް އަލީ ހިލްމީ (31އ) ގެ އިތުރުން މ. އިރާކުމާގެ، މުހައްމަދު ނިޝާން ޖަލީލް (33އ) އެވެ.
މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން މިއަދު ވަނީ އެ މީހުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ. ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 އަދި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް ކޯޓުން ނިންމާފައިވަނީ، އެ މީހުން ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށެވެ.
ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ތުހުމަތު ކުރެވޭ ތިން މީހުން އުޅުނު ކޮޓަރި ބަލައިފާސްކުރިއިރު، އަނިޔާ ލިބުނު މީހާގެ ފޯނާއި ގަޑި އެ ކޮޓަރިން ވަނީ ފެނިފައެވެ.
މި މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ނިޝާންއާއި ފާރިސް ވަނީ އެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އެގޮތުން، އެ ހާދިސާ ހިނގިއިރު އޭނާ އޮތީ ނިދާފައި ކަމަށާއި، އެކަން ކުރީ އޭނާގެ އެހެން ރައްޓެހިންތަކެއް ކަމަށް ނިޝާން ވަނީ ބުނެފައެވެ. އަދި އެފަދަ ކަމެއް ހިނގައިދިޔަކަން އެނގިފައި ނުވާ ކަމަށް ފާރިސްވެސް ވަނީ ކޯޓުގައި ބުނެފައެވެ.
ނަމަވެސް، އައުސް ކޯޓުގައި ބުނެފައިވަނީ ގަދަކަމުން އެއްވެސް މީހަކު އެ ގެއަށް ގެންގޮސްފައި ނުވާނެ ކަމަށާއި، އަނިޔާ ލިބުނު ކަމަށް ބުނާ މީހާ އެ ގެއަށް ދިޔައީ އޭނާގެ އަމިއްލަ ރުހުމުގައި ކަމަށެވެ. އަދި ކޮޓަރިން ފެނުނު ގަޑިއަކީ އޭނާއަށް ހަދިޔާއަކަށް ދިން އެއްޗެއް ކަމަށްވެސް އައުސް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު