ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ބަރަކާތްތެރި ޙައްޖުގެ އަޅުކަމަށް ރާއްޖެއިން ވަޑައިގަންނަވާ ޙައްޖާޖީންނަށް ބޭނުންވާ އެންމެހައި ޚިދުމަތްތައް ފުރިހަމަކޮށްދިނުމުގެ ގޮތުން، ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ދެ ޤައުމުގެ ދެމެދުގައި ސޮއިކުރެވިފައިވަނީ ސަޢޫދީ ޢަރަބިއްޔާގައި މިހާރު ކުރިއަށްދާ 6 ވަނަ ޙައްޖު ކޮންފަރެންސްގެ ހަވާސާގައެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ނައިބު އުސާމް މުޙައްމަދު ސަޢީދެވެ. އަދި ސަޢޫދީ ޢަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ޙައްޖާއި ޢުމްރާއާ ބެހޭ ވުޒާރާގެ ނައިބު ޢަބްދުލް ފައްތާޙް މަޝާތެވެ.
މިއީ ކޮންމެ އަހަރަކުވެސް ޙައްޖުގެ އަޅުކަމަށް މީހުން ފޮނުވާ ޤައުމުތަކާއެކު ސަޢޫދީ ސަރުކާރުން ސޮއިކުރަމުން އަންނަ އާންމު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ޙައްޖު މޫސުމުގައި ދިވެހި ޙައްޖުވެރިންނަށް އެންމެ ފުރިހަމަ، ލުއިފަސޭހަ އަދި އަމާން އިންތިޒާމުތަކެއް ހަމަޖައްސައިދިނުމެވެ. އެގޮތުން، ޙައްޖުގެ ޚިދުމަތްތަކަށް ފައިސާ ދައްކާނެ އުޞޫލުތަކާއި، ރާއްޖެއިން ޙައްޖުގެ ޚިދުމަތް ދިނުމުގައި ޙަރަކާތްތެރިވާ ކުންފުނިތަކުން ޢަމަލުކުރަންޖެހޭ މިންގަނޑުތައް މި އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން، ޙައްޖުގެ އަޅުކަމުގެ ދުވަސްވަރު ދިވެހި ޙައްޖާޖީންގެ ޙާލަތު ވަރަށް ގާތުން ބަލައި، އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޙައްޖު މޫސުމުގައި ރާއްޖޭގެ 'ޙައްޖު މިޝަން' ޤާއިމުކުރުމާ ގުޅޭ މާއްދާތައްވެސް މީގައި ހިމެނެއެވެ.
މި ދަތުރުފުޅުގެ ތެރެއިން، ޙައްޖު އެންޑް ޢުމްރާ ކޮންފަރެންސްގެ ހަވާސާގައި، މިނިސްޓަރުގެ ނައިބު އުސާމް ވަނީ ސަޢޫދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާއާ ބެހޭ ވަޒީރު ޑރ. ތައުފީޤު ބިން ފައުޒާނު އައްރަބީޢާއާ ވެސް ބައްދަލުކުރައްވައި، ދިވެހި ޙައްޖާޖީންނަށް ފުރުޞަތުތައް ފަހިކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
އަންނަ އަހަރުގެ ޙައްޖު މޫސުމަށް ދިވެހިރާއްޖެއިން ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނައިރު، ސަރުކާރުން ވަނީ ޚާއްޞަ އިސްކަމެއް ދީގެން އުޞޫލަކަށް ބަދަލު ގެނެސްފައެވެ. އެގޮތުން، ޙައްޖު ކިޔޫގައި ރަޖިސްޓްރީވެފައިވާތާ 3 އަހަރު ދުވަސް ވެފައިވާ، ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް 1448 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު