ދިވެހިރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް، ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި އިންވެސްޓްމަންޓްތައް ފުޅާކުރުމުގެ މަޤްޞަދުގައި ބާއްވާ "މޯލްޑިވްސް ފައިނޭންސް ފޯރަމް 2026" މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މިއީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި އދ. ގެ ތަރައްޤީއާ ބެހޭ ޖަމްޢިއްޔާ (ޔޫއެންޑީޕީ) މޯލްޑިވްސް ގުޅިގެން މި ސިލްސިލާގެ ދަށުން ބާއްވާ 13 ވަނަ ފޯރަމެވެ.
ކޮންމެ އަހަރަކުވެސް މާލީ ދާއިރާއާ ގުޅުންހުރި މުހިންމު މައުޟޫޢަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ފޯރަމް މިއަހަރު ހާއްސަކޮށްފައިވަނީ "ގްރީން ފައިނޭންސް: ރާއްޖޭގައި ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކާއި މާލީ ރައްކާތެރިކަން ފަހިކޮށްދިނުން" މި ޝިއާރުގެ ދަށުންނެވެ. މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ އިޤުތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ، ވިލުންވެރި އަދި ރައްކާތެރި މާލީ ނިޒާމެއް ބިނާކުރުމަށް މަގުފަހިކުރުމެވެ.
މިއަދު ފެށުނު މި ފޯރަމުގައި ރާއްޖޭގެ ގްރީން ފައިނޭންސް މާކެޓު ކުރިއެރުވުމަށާއި، ތިމާވެއްޓަށް ގެއްލުން ނުވާނެހެން ދިގު މުއްދަތުގެ ފައިދާ ލިބެނިވި އިންވެސްޓްމަންޓްތައް ހޯދުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށްދާނެއެވެ. އަދި މި ދާއިރާއިން އަމަލީގޮތުން އެޅިދާނެ ފިޔަވަޅުތަކާއި، ސަމާލުކަންދޭންޖެހޭ މުހިންމު ކަންކަމުގެ މައްޗަށް ދިރާސީ މައުލޫމާތު ހިއްސާކޮށް، އައު ވިސްނުންތަކާއި ހިޔާލުތައް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ފޯރަމުގައި ދައުލަތުގެ މާލީ ސިޔާސަތުތައް ކަނޑައަޅާ އިސް ފަރާތްތަކާއި، މާލީ ދާއިރާ ރެގިއުލޭޓްކުރާ މުއައްސަސާތަކާއި، ބޭންކުތަކާއި، އެކި މާލީ އިދާރާތަކުގެ އިތުރުން ވިޔަފާރިވެރިންނާއި އިންވެސްޓަރުން ބައިވެރިވެއެވެ. މީގެއިތުރުން ރާއްޖެއާއި ބައިނަލްއަޤުވާމީ ފެންވަރުގެ ތަޖުރިބާކާރުންވެސް މި ފޯރަމުގައި ބައިވެރިވެ، ޤައުމުގެ ދިގު މުއްދަތުގެ ތަރައްޤީއަށް ބޭނުންވާ ދެމެހެއްޓެނިވި ރައުސްމާލު (ކެޕިޓަލް) ހޯދިދާނެ ދޮރުތަކާ ގުޅޭގޮތުން އަގުހުރި މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކުރެވިފައެވެ.
މި ފޯރަމްގެ ސަބަބުން ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ހަރުދަނާވެ، ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި އިޤުތިޞާދެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް އިންތިޒާމުކުރާ ފަރާތްތަކުން އުއްމީދުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު