ދިވެހި ފަސް ރުފިޔާގެ ނޫޓެއް އަނގައިން ވީދާލި މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުން
ދިވެހި ފަސް ރުފިޔާގެ ނޫޓެއް އަނގައިން ވީދާލި މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުން
ދިވެހި ފަސް ރުފިޔާގެ ނޫޓެއް އަނގައިން ވީދާލި މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާ ގުޅިގެން، އެ އަމަލު ހިންގި ބިދޭސީ މީހާގެ މައްސަލަ ދިވެހި ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ޓިކްޓޮކްގައި ދައުރުވަމުންދާ މި ވީޑިއޯގައި ފެންނަނީ ބިދޭސީ ފިރިހެނަކު ދަތްތަކުން ވިކައި ފައިސާގެ ނޫޓު ކުދިކުދިކޮށްލާ މަންޒަރެވެ.

މި ވީޑިއޯ މީސްމީޑިއާގައި އާންމުވުމާއެކު ގިނަ ބައެއްގެ ފާޑުކިޔުމާއި ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ. އަދި ދިވެހިން ދަނީ ގައުމީ ފައިސާއަށް ކުރި މި އިހާނެތި އަމަލާ ގުޅިގެން އެމީހާއަށް ހައްގު އަދަބު ދިނުމަށް ގޮވާލަމުންނެވެ.

ފުލުހުން ވަނީ މި މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި، މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ތަހުގީގު ކުރަމުންދާކަން "ރަސް" އަށް ކަށަވަރުކޮށްދީފައެވެ.

މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވާއިދުތަކާއި ގާނޫނުލްއުގޫބާތުގެ ދަށުން، ގަސްތުގައި ދިވެހި ފައިސާއަށް ގެއްލުން ދިނުމަކީ ދައުލަތުގެ މުދަލާއި ރަސްމީ ލިޔެކިޔުމަށް ގެއްލުން ދިނުމުގެ ކުށެވެ.

މިއީ ޖަލު ހުކުމަކާއި ބޮޑެތި ޖޫރިމަނާތަކެއް އަންނަ ކުށަކަށް ވާއިރު، ރާއްޖޭގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ގައުމީ ފައިސާއަށް އިހާނެތިކޮށް ހިތުމަކީ ހަރުކަށި ފިޔަވަޅު އަޅާ ބޮޑު ޖިނާއީ ކުށެކެވެ.



ކިޔުންތެރިންގެ ހިޔާލު