ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން، "އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއު" ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފިއެވެ.
މާފަންނު ޓްރެކް ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއު ފައްޓަވައިދެއްވިއިރު، ދައުލަތުގެ ގިނަ މުއައްސަސާތަކަކާއި ޖަމިއްޔާތަކުން ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެފައެވެ.
މިއީ ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އަމާޒުކޮށްގެން މުޅި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ މުހިންމު މަޝްރޫއެކެވެ. ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، މިއީ ހަމައެކަނި ނަމަކަށް ފަށާ މަޝްރޫއެއް ނޫން ކަމަށާއި، މިއީ ވަރަށް ސީރިއަސްކޮށް ކުރިއަށްގެންދާނެ މަސައްކަތެކެވެ. މިހާރު ވަނީ މިކަމަށް ބޭނުންވާ ޕްލޭންތަކާއި، ޓައިމްލައިން އަދި ބަޖެޓު އެކުލަވާލައި، ކެބިނެޓުގެ ރުހުންވެސް ހޯދާފައެވެ.
މި މަޝްރޫއު ހިންގުމަށްޓަކައި 8 ވުޒާރާއަކާއި ޕީއެސްއެމް ހިމެނޭހެން 9 އިދާރާއެއްގެ މައްޗަށް އެކުލެވޭ ސްޓިއަރިން ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ. ކަލްޗާ މިނިސްޓަރު ހީނާ ވަލީދު ފާހަގަކުރެއްވި ގޮތުގައި، މި މަސައްކަތުގައި ސްކޫލްތަކާއި، ޓީޗަރުންނާއި، ބެލެނިވެރިންގެ އިތުރުން އާންމު ރައްޔިތުންނާއި ޖަމިއްޔާތަކުގެ ބައިވެރިވުން ވަރަށް ބޮޑަށް ހިމެނޭނެއެވެ. އަދި މިކަމަށް ޚާއްސަ މޮޑިއުލްތަކާއި ޕްރޮގްރާމްތައް ފަންނީ ބޭފުޅުންގެ ލަފާގެމަތިން ވަނީ ތައްޔާރުކުރެވިފައެވެ.
މި ގައުމީ މަޝްރޫއުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "އިހުތިރާމުގެ އުފާ – މުޖުތަމައުގެ ނަފާ" އެވެ.
މީގެ އިތުރުން، މި މަޝްރޫއު އިފްތިތާހުކުރި ދުވަހާ ގުޅުވައިގެން، ކޮންމެ އަހަރަކުވެސް ގައުމީ ފެންވަރެއްގައި "ގައުމީ އިހުތިރާމް އަދާކުރުމުގެ ދުވަސް" ފާހަގަކުރުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު