ގައުމެއްގެ ކުރިއެރުމާއި ތަރައްގީއާއި ލާބަ އެންމެ ބޮޑަށް ގުޅިފައިވަނީ އެ ގައުމެއްގެ ރައްޔިތުންގެ ކިބައިގައި އަށަގެންފައިވާ އަހުލާގީ ސިފަތަކާ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ސަރުކާރުން އަލަށް ފެށި "އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއު" ރަސްމީކޮށް އިފްތިތާހުކުރުމަށް މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހީނާ ފާހަގަކުރެއްވި ގޮތުގައި، މުޅި ރާއްޖެއަށް އަމާޒުކޮށްގެން މިފަދަ ބޮޑު ގައުމީ މަޝްރޫއެއް ފެށުމުގެ އެންމެ ބޮޑު ބޭނުމަކީ ޒަމާނުއްސުރެ ދިވެހިންގެ ކިބައިގައި ހުރި އިސްލާމީ ރިވެތި އުސޫލުތަކާއި އަދަބު އަހުލާގު މުޖުތަމައުގައި އަލުން އާލާކޮށް ދިރުވުމެވެ.
މާޒީއަށް ބަލާއިރު ދިވެހިންނަކީ އެކަކު އަނެކަކަށް ކަމޭހިތުމާއި، އިހުތިރާމުކުރުމާއި، އޯގާތެރިކަން އިސްކުރުމުގައި ލާމަސީލު ބައެއްކަން ފާހަގަކުރައްވައި، އެ މާތް ސިފަތައް މިހާރުގެ މުޖުތަމައުން ފަނޑުވަމުންދާތީ އެކަންކަން އަނބުރާ އިއާދަކުރުމުގެ މުހިންމުކަމުގެ މައްޗަށް އެކަމަނާ ވަނީ އަލިއަޅުއްވާލައްވާފައެވެ.
އިސްލާމްދީނަކީ ރިވެތި އަހުލާގަށް އެންމެ ބޮޑަށް ބާރުއަޅާ ދީންކަން ފާހަގަކުރައްވަމުން، ވަޒީރު ވިދާޅުވީ މުޖުތަމައުގެ ހަމަޖެހުމާއި ސުލްހަމަސަލަސްކަން ގާއިމުކުރެވޭނީ ފަރުދުންގެ މެދުގައި އިހުތިރާމާއި ލޯބި އޮވެގެން ކަމަށެވެ.
އެގޮތުން، ކުޑަކުދިންނަށް އޯގާތެރިވުމާއި، މައިންބަފައިންނާއި އުމުރުން ދުވަސްވީ މީހުންނަށް ކަމޭހިތުމާއި، އެކަކު އަނެކަކާ މުއާމަލާތްކުރުމުގައި ރިވެތި ބަސްމަގު ބޭނުންކުރުން ފަދަ އިސްލާމީ ރިވެތި އާދަތައް ދިރިއުޅުމުގެ ބަޔަކަށް ހެދުމަށް މި މަޝްރޫއުގެ ތެރެއިން ބާރުއަޅާނެކަން ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، ހެޔޮލަފާ ޖީލެއް ބިނާކޮށް، ގައުމުގެ މުސްތަގުބަލު އުޖާލާކުރުމަށްޓަކައި މިއަދުގެ ކުޑަކުދިންނާއި ޒުވާނުންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ގައުމީ މަޝްރޫއު ކާމިޔާބުކުރުމަށްޓަކައި، ސަރުކާރުގެ މުއައްސަސާތަކާއި، ސްކޫލްތަކާއި، ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން ކޮންމެ ފަރުދެއްގެވެސް ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ބޭނުންވާނެކަމަށް ވަޒީރު ހީނާ ވަލީދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު