މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކުރެހުމުގެ ހާއްސަ މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ހުޅުވާލައިފިއެވެ.
"ސީސައިޑް ސްޓޯރީސް" ގެ ނަމުގައި ކުރިއަށްގެންދާ މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 6 އިން 10 އަށެވެ. މިނިސްޓްރީން ބުނީ، މި މައުރަޒަށް ކުރެހުން ހުށަހަޅަން ޝައުގުވެރިވާ ފަރާތްތަކުން ފޯމު ފުރުމަށްފަހު، މި ހިނގާ ނޮވެމްބަރު މަހުގެ 25 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ހުށަހަޅަންޖެހޭނެ ކަމަށެވެ.
މި މައުރަޒުގައި ފަސް ބާވަތެއްގެ ފަންނީ އުފެއްދުންތައް ހުށަހެޅުމުގެ ފުރުސަތު ވަނީ ދީފައެވެ. އޭގެ ތެރޭގައި ކުރެހުމާއި، ކުލަޖެއްސުމާއި، ޑިޖިޓަލް އާޓާއި، ކަނޑާނަގައިގެން ތައްޔާރުކުރާ ސްކަލްޕްޗާ އަދި މިކްސް މީޑިއާ ހިމެނެއެވެ.
މައުރަޒުގައި ބައިވެރިވެވޭ އުމުރުފުރާތައް ބަހާލާފައިވަނީ ޖުމްލަ ތިން ކެޓަގަރީއަކަށެވެ. އެއީ 12 އަހަރުން ދަށުގެ ކުދިންނަށް ހާއްސަ "ޖޫނިއާ ކެޓަގަރީ" އާއި، 12 އަހަރާއި 12 އަހަރުން މަތީގެ ފަރާތްތަކަށް ހާއްސަ "އޯޕަން ކެޓަގަރީ" އާއި، ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހާއްސަކޮށްގެން ހުޅުވާލެވިފައިވާ "އިންޓަނޭޝަނަލް ކެޓަގަރީ" އެވެ.
މި މުބާރާތަށް ހުށަހަޅާ ހުރިހާ މަސައްކަތްތަކަކީ ވެސް ބައިވެރިޔާގެ އަމިއްލަ އުފެއްދުމަކަށް ވާންޖެހޭނެ ކަމަށް މިނިސްޓްރީން ބަޔާން ކުރެއެވެ. އެގޮތުން އެހެން ފަރާތެއްގެ ފޮޓޯއަކަށް ބަލައިގެން ކުރަހާނަމަ އެ ފަރާތެއްގެ ހުއްދަ އޮންނަންވާނެ ކަމަށާއި، އެހެން މީހެއްގެ ފަންނީ އުފެއްދުމަކުން ކޮޕީކޮށްފައިވާކަން ސާބިތުވެއްޖެނަމަ އެ އުފެއްދުމެއް ވަގުތުން މުބާރާތުން ވަކިކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.
މި މުބާރާތުގެ ވަނަތައް ހޮވުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީން އެކުލަވާލާ ހާއްސަ ފަނޑިޔާރުންގެ ޕެނަލަކުންނެވެ. އަދި ކޮންމެ ކެޓަގަރީއަކުން އެއްވަނަ ހޯދާ ފަރާތަކަށް 5،000 (ފަސް ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖޭގައި ކޮންމެ އަހަރަކުވެސް މަސްވެރިންގެ ދުވަހުގެ ގޮތުގައި ކުލަގަދަކޮށް ފާހަގަކުރަމުން އަންނަނީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު