ފުލުހުންގެ ކޯސްތަކުގައި އިހުތިރާމް މާއްދާ ހިމަނަން ނިންމައި އެކަން އިއުލާންކޮށްފިއެވެ.
ލ. ހިތަދޫ ޕޮލިސް ސްޓޭޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު (ސީޕީ) އަހުމަދު މުހައްމަދު ވިދާޅުވީ ގައުމީ ފެންވަރުގައި ކުރިއަށްގެންދާ އިހުތިރާމް އަދާކުރުމުގެ ކެމްޕޭން އިފްތިތާހުކުރުމާ ގުޅިގެން، ދިވެހި ފުލުހުންގެ ޚިދުމަތުގެ އަސާސީ ތަމްރީނު ކޯހުގައާއި، ހާއްސަ އޮޕަރޭޝަނަލް އަދި ފަންނީ ތަމްރީނުތަކުގައި މޮޑިއުލެއްގެ ގޮތުގައި އިހުތިރާމް ހިމެނުމަށް ނިންމަވާފައިވާ ކަމަށެވެ.
މީގެ ސަބަބުން، ފުލުހުންގެ ތަމްރީނުތަކުގެ ތެރެއިން، އެކަކު އަނެކަކަށް އިހުތިރާމްކުރުމާއި، ފަންނީ މިންގަނޑުތައް ހިފެހެއްޓުމާއި، އަދި އިންސާނީ ކަރާމާތް ރައްކާތެރިކުރުމުގެ ސިފަ އަށަގެންނެވުމަށް އިތުރު އެހީއަކަށް ވެގެންދާނެކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
ރޭ މާފަންނު ޓްރެކްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މަޝްރޫއު ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފައިވާއިރު މިއީ ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އަމާޒުކޮށްގެން މުޅި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ މުހިންމު މަޝްރޫއެކެވެ. ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، މިއީ ހަމައެކަނި ނަމަކަށް ފަށާ މަޝްރޫއެއް ނޫން ކަމަށާއި، މިއީ ވަރަށް ސީރިއަސްކޮށް ކުރިއަށްގެންދާނެ މަސައްކަތެކެވެ. މިހާރު ވަނީ މިކަމަށް ބޭނުންވާ ޕްލޭންތަކާއި، ޓައިމްލައިން އަދި ބަޖެޓު އެކުލަވާލައި، ކެބިނެޓުގެ ރުހުންވެސް ހޯދާފައެވެ

ކިޔުންތެރިންގެ ހިޔާލު